1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޮރިޝަސްއަށް ފޮނުވި ސިޓީގައި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭ ވާހަކައެއް ނެތްކަމަށް ބާ ކައުންސިލުން ބުނެފި

8E4852C1-99D0-4D21-AD43-53D0D60F0BAC
ޗާގޯސް މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުގެ ސެޝަނެއްގެ ތެރެއިން
އަލީ ނަސީރު
933ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޮރިޝަސްއަށް ފޮނުވި ސިޓީގައި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭ ވާހަކައެއް ނެތްކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލަށް މަތިކޮށްފައިވާ މައްސޫލިއްޔަތުތަކުގެ ދަށުން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދު ފުށުއަރާ މައްސަލައިގައި، ދިވެހި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ދިރާސާއެއް ބާ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ދާދިފަހުން މީޑިއާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާ ކައުންސިލާ މިހާރު ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މީގެެ އިތުރުން ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

300 × 250

މަޢުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް ބާ ކައުންސިލުން ވަނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ލޯ ރިވިއު ކޮމެޓީއެއް އުފައްދަވާފައެވެ. އަދި މި މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުވެސް ހިމެނޭހެން އިޓްލޮސްއަށް ރާއްޖޭން ހުށަހެޅި ހުރިހާ ލިޔެކިޔުންތަކެއް ބާ ކައުންސިލަށް ވަނީ ލިބިފައެވެ.

އެ ސިޓީފުޅުގެ ސައްހަކަން ބެލުމަށް ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް ވަނީ ރައީސް އޮފީހަށް ވަޑައިގެން ސިޓީގެ އަސްލު ބައްލަވާފައެވެ. އަދި އެ ކައުންސިލަށް ސިޓީގެ ސައްހަކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށްވެސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭ އެއްވެސް ވާހަކައެއް ނެތެވެ.

އިޓްލޮސްއަށް ހުށަހެޅި ހުރިހާ ލިޔެކިޔުންތަކެއް ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާކޮށް، ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ބާ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އަދި މިކަމުގައި ދިވެހި ދައުލަތުން ވަކާލާތުކުރީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަށްތޯ ނުވަތަ ނޫންތޯ ވެސް މި ރިޕޯޓްގައި ހިމަނާނެއެވެ.

ރާއްޖެއާއި މޮރޭޝަސް އާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލަ ހައްލުކުރީ އިންޓަރނޭޝަނަލް ޓްރައިބިއުނަލްއަކަށް ގޮސްގެނެވެ. އަދި އެ ޓްރައިބިއުނަލްގައި ރިއާޔަތްކޮށްފައި އޮތީވެސް 1982 ގެ ލޯ އޮފް ދަ ސީގެ ކޮންވެންޝަން ގެ ޤާނޫނަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ކަނޑު

    މިހާރު މިގައުމުގެ އެއްވެސް މުއައްސަސާއެއް ތެދެއް ނުބުނާނެ ސަރުކާރުގެ ޚަޒާނާ ހުސްކޮށްލައިގެން ރއިބުރާހިމް އެހުރީ މުއައްސަސާތައް ގަނެލައިގެން، އެކަން ކޯޓުތަކުގެ ފަނޑިޔާރުންވެސް ސާބިތުކޮށްދެމުން އެ ގެންދަނީ.

ގުޅުންހުރި