1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ހަސަން ކުރުސީ ޓްވިޓާ އެކައުންޓް ސަސްފެންޑްކޮށްފި

375188_3_f01517a7b9446d85434aeecbd479b493a6aef1de_large
ކުރުސީ އެކައުންޓް ސަސްޕެންޑް ކޮށްފައި
ރިޝާނާ ޢަބްދުލް އަޒީޒް
754ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް (ޓްވިޓާ) އެކައުންޓް ސަސްޕެންޑުކޮށްފި އެވެ.

ފޮރުވިގެން ތިބެ، ތުހުމަތު އަޅުވައި އަބުރުކަތިލަން ޓުވިޓާގައި ބޭނުންކުރަމުން އަންނަ އެކައުންޓްތަކުގެ ތެރެއިން ކުރުސީ ފާޅުވީ 2022ގަ އެވެ. ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އެ އެކައުންޓު މެދުވެރިކޮށް އައީ ނަޝީދުގެ ތާއީދާ އެކު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.

300 × 250

ގިނަ ބަޔަކު ފޮލޯ ކުރަމުން އައި އެ އެކައުންޓުން ވަނީ ސަރުކާރަށާއި އިލްޔާސްއާ ވާދަކުރާ ކެންޑިޑޭޓުންނަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފަ އެވެ.

އެކައުންޓު ސަސްޕެންޑުކޮށްފައިވަނީ އެކްސްގެ މިންގަނޑުތަކާ ހިލާފުވެގެން ކަމަށް ބުންޏަސް އެއީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގޭކަށް ނެތެވެ.

ކުރުސީގެ އެކައުންޓުން އެންމެ ފަހުން ފަތުރުވަމުންދިޔައީ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ޑީއެންއާރުގެ ޑޭޓާތަކެއް ސަރުކާރުން ވަގަށް ނަގާފައި ކަމަށް ތުހުމަތުކޮށްފައިވާ ސްކްރީންޝޮޓުތަކެކެވެ.

ކުރުސީގެ އެކައުންޓު ހިންގަވަނީ ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކަން ސާބިތުކުރަން، އެ އެކައުންޓުގެ ފަހަތުގައި ހުރި މީހަކު ހޯދަން ނަޝީދު ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށިކަން ވެސް އެނގިފައި ވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި