1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

ޖުމުލަ ގޮތެއްގައި ވޯޓުލާން ފެށި ގޮތް ރަނގަޅު: ޓްރާންސްޕޭރެންސީ

7e4f4f11-dff6-47a2-8bed-ae5df82a2c38
ފޮޓޯ: ރާއްޖެ އެމްވީ---
އައިޝަތު ސަދާ ސަޢީދު
1,347ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ހަރަކާތްތައް، އެކަމަށް ކަނަޑައަޅާފައިވާ މަރުކަޒުތަކުގައި ފެށިގެން ކުރިއށް ދިޔަ ގޮތް ޖުމުލަ ވގޮތެއްގައި ރަނގަޅުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީން ބުނީ، މިއަދު ހެނދުނު 8:00 ގައި ވޯޓު ލާން ފެށިއިރު 85 ޕަސެންޓު މަރުކަޒުތަކުން ވޯޓު ލާން ފެށިތާ 10 މިނެޓު ތެރޭގައި ވޯޓު ލުން ފެށިފައިވާ ކަމަށާއި،  ވޯޓުލުމުގެ ވަގުތު ޖެހުނު އިރު ހުރިހާ މަރުކަޒެއްގައި ވެސް ގަޑިއަށް އޮފިޝަލުން ހާޒިރުވި ކަމަށެވެ.

އަދި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓު ލާ މަރުކަޒުތަކުގައި ތިބި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

300 × 250

ޓްރާންސްޕޭރެންސީން ބުނީ، ވޯޓު ލާ މަރުކަޒުތަކުގައި ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ތިބި އިރު 90 ޕަސެންޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށާއި އަދި 72 ޕަސެންޓު މަރުކަޒުގައި ޕީޕީއެން/ޕީއެންސީ ކެނޑިޑޭޓުންގެ މަންދޫބުން ތިރިބި އިރު 71 ޕަސެންޓު މަރުކަޒުގައި އެމްޑީޕީގެ ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ.

ޓްރާންސްޕޭރެންސީގެ 400 އެއްހާ އޮބްޒަވަރުން މި އިންތިހާބުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ އެވެ.








300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި