1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޔާސީ އިންތިޚާބު 2023

އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު ލައިފި!

original_1692355741174
މިފަހަރުގެ ރިޔާސީ ިއންތިހާބުަގައި 8 ކެންޑިޑޭޓުން ވާދަކުރައްވާ---
އައިޝަތު ސަދާ ސަޢީދު
725ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން، ވޯޓު އަޅުއްވައިފިއެވެ.

މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ވޯޓުލުމުގެ ހަރަކާތްކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާއިރު، ހުރިހާ ކެންޑިޑޭޓުންވެސް ވަނީ، މެންދުރުގެ ވަގުތުތަކުގައި ވޯޓު އަޅާފައެވެ.

ރާއްޖޭގައި މި އަހަރު ބާއްވާ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ ޕާޓީ ތަކުން ވާދަ ކުރާ 5 ބޭފުޅަކާއި އަމިއްލަ ގޮތުން ބައިވެރިވާ 3 ބޭފުޅެކެވެ.

300 × 250

ރިޔާސީ ކެންޑިޑޭޓުން:
1 އުމަރު ނަސީރު (އަމިއްލަ ގޮތުން)
2 ހަސަން ޒަމީލު (އަމިއްލަ ގޮތުން)
3 އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)
4 ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5 ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)
6 އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7 އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
8 މުހައްމަދު ނާޒިމް (އެމްއެންޕީ)

މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިފައި ވާ އިރު މި އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގައި މިހާތަނަށް މާބޮޑު މައްސަލަތަކެއް ކުރިމަތިވެފައެއް ނުވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި