މި އަހަރުގެ ރިޔާސީ އިންތިހާބުގެ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި، ދެ ވަނަ ބުރުގައި ވޯޓު ލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ބާއްވާފައިވައިރު، މިހާރު ދެވަނަ ބުރު ބާއްްވާނެކަން ވަނީ ކަށަވަރު ވެފައެވެ. އެއީ އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތީ ނަތީޖާއެއް ލިބިފައި ނުވުމުންނެވެ.
މި ފަހަރު ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަން ކަށަވަރު ވެފަައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.