މިދިޔަ ހޮނިހިރު ދުވަހު ބާއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބު ވުމަށް ދިމާވި ސަބަބުތައް ދެނެގަނެވިފައިވާ ކަމަށާއި، އެހެންކަމުން، އިންތިހާބުގެ ދެވަނަ ބުރުގައި ކެމްޕެއިންއަށް ނުކުންނަވާނީ، ބަދަލުތަކަކާއި އެކުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާޢްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖލީހުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖޭގެ މިޑިއާއަކަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ވިދާޅުވީ، އެ ބައްދަލުވުމުގައި ވާހަކަދެކެވިގެން ދިޔަ އެއްކަމަކީ، ފުރުތަމަަ ބުރުގައި ހުރި މައްސަލަތަކަށް ބަލާފައި އެކަމަށް ހައްލު ގެނައުން ކަމަށެވެ.
އެގޮތުން، ހެދިފައިވާ " މިސްޓޭކްތަކާއި" އިތުރަށް ކުރަންޖެހޭ ކަންކަން މިހާރު ވަރަށް ސާފުކޮށް އެެނގިފައިވާ ކަމަށާއި، އެގޮތުން، ކަންކަން ރޭވުމުގައި މައްސަލަތަކެއް ހުރި ކަން ރައީސްވަނީ ފާހަގަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.