ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ”ފޭކު“ ބަޔާނެއް ދައުރު ކޮށްފިއެވެ.
މުއިއްޒުގެ ނަމުގައި ބަޔަކު ނެރުނު ދޮގު ބަޔާނުގައި ވަނީ، އެމްއެންޕީގެ ރައީސް، ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އެދިވަޑައިގެންނެވި ގޮތަށް، އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިއްވައިފައިވާ ޖަލު ހުކުމް ދަމަހައްޓާނެ ކަމަށެވެ.
މުއިއްޒުގެ ނަމުގައި ދައުރު ކުރާ ފޭކު ބަޔާން
މި ފޭކު ބަޔާން އާއްމުވުމާއި ގުޅިގެން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބަޔާނަކީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމަށާއި، އެކަމަކީ ސަރުކާރު ކޯލިޝަނުން، ރިޔާސީ އިންތިހާބުން ބަލިވާނެކަން ކަށަވަރު ވުމުން ރައްޔިތުންގެ ހިތްތަކުގައި ހާއްސަކޮށް އެ ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް މުއިއްޒު ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަން ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ޕީޕީއެމްއިން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ މި ދަށުދަރަޖައިގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.