ވިޔަފާރީގައި ނަން ހިގާ ކުންފުނި, ބްރަދާހުޑަށް 18 އަހަރު ފުރުމާ ގުޅިގެން ބާއްވާ ސޭލްއިން ވިޔަފާރިކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ހިލޭ އުމްރާ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރަދާހުޑްއިން ބުނީ މި ސޭލް ކުރިއަށްދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކަމަށާއި އެ ފިހާރަތަކުން 1000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ލިބޭ މީހުންގެ ތެރެއިން އެކަކަށް މުޅިން ހިލޭ އުމްރާ ދަތުރެއް ދޭނެ ކަމަށެވެ.
ބްރަދާހުޑްގެ ބްރަދާހުޑް
ބްރަދާހުޑް ޝޮޕް،
ބްރަދާހުޑް ބާޒާރު،
ބްރަދާހުޑް ހާޑްވެއަރގެ އަދި
ބްރަދާހުޑް އިލްކްޓްރޮނިކްސް
އިން ވިއްކާ ތަކެތިން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ސޭލް މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށައިފައެވެ.
ބްރަދާހުޑްއަކީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސްއާއި، ކަރަންޓު ސާމާނާއި، ގެއަށް އަދި ގޭގެ ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުުރުން ހާޑްވެއާ ސާމާނާއި ގާމެންޓްސް ވެސް ވިއްކާ ފިހާރައެކެވެ.
ވިޔަފާރި ހިންގާ ތާ 18 އަހަރު ފުރުމާ ގުޅިގެން ބްރަދާހުޑްއިން ކުރިއަށްގެންދާ މި ސޭލްއަކީ ގޭތެރެއަށާއި ބަަދިގެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ގަންނަން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ފިހާރައިން ބުނެއެވެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.