މީޑީއާތަކަށް ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ފައިސާ ދޭ ގޮތަށް މިހާރު އޮންނަ އޮތުމުން ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ ކަމަށާއި އެހެންކަމުން ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސަތައެއް ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ލިބޭނެ ގޮތް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. މަހިބަދޫ ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާއަކީ ޑިމޮކްރަސީ ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް އަދި ސަރުކާރެއް ޖަވާބުދާރީ ކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކަމަށެވެ.
މި އަހަރު ގެ ރިޔާސީ އިންތިޚާބު ގައި ބައިވެރިވި 8 ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯއްދެވާ އެއްވަނައިގައި 2 ވަނަ ބުރަށް ހޮވި ވަޑައިގެންނެވި ޑރ މުއިއްޒު ވެލެއްވި ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވަކި ނިޒާމެއްގެ ދަށުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.