2012 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް އަދިވެސް އެބޭފުޅާއާއި، ޢާއިލާ، ތަހަންމަލް ކުރަމުން ދަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި އެބޭފުޅުންގެ އެކުވެރިން އޭރުއްސުރެ ކުރަމުން އަންނަ ފުރައްސާރަ ކަމަށް، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އިހްސާން ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް މީހަކަށް ބާޣީ އަށް ގޮވުމަކީ އެމީހަކަށް ވެސް އަދި އެމީހެއްގެ އާއިލާއަށްވެސް ތަހަންމަލްކުރަން ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ތަހުޒީބު މުޖުތަމަޢު އެއްގައި ކަން ކުރަންވާނެ ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.އިހްސާން މިހެން ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެންނެވުމުން , އެކަމަނާއާއި ދިމާލަށް "ބާޣީ" އޭ ގޮވައި އެ ސަރަހައްދުގައި ބަޔަކު އަޑުގަދަ ކޮށްހެދުމުން
އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވައި، ފަޒުނާ ފޭސްބުކުގައި ޕޯސްޓެއް ލިޔުއްްވާފައިވާތީ ފަޒުނާ ގެ އެ ވާހަކަތަކާއި ގުޅުވައިގެންނެވެ.







ޚިޔާލު (2)
ސާބަހޭ އިޙްސާން މިކަހަލަ މީހުނަށް އެމީހުން ކޮށްފަ ހުންނަ ފުރައްސާރަ ހަނދާން ކޮށް ދޭން ޖެހޭނެ .ތިމާ ކުރީމަ އޯކޭ އެކަމަކު އެހެން މީހުން ކުރީމަ ވަރަށް ނުބައި ނުލަފާ ބައެއް ކޮބާ ފަޒުނާ ކީކޭބާ ބުނަނީ އިޙްސާންގެ ވާހަކަ އަށް
ސިޔާސީ ޕާޓީތައް އުފެދުނުފަހުން އެއްބަޔަކު އަނެއްބަޔަކަށް ، ކާޅަށް،ބާޒަށް،ގޮޅާބޯ،ބާގީ، މިފަދަ ބަސްތަކުން ގޮވާ ފުރައްސާރަ ކުރަމުން ގެންދާތަން ފެނޭ. އެވެސް ޑިމޮކްރެސީއޯލަ، އެހެންވީމަ އޯކޭނޫންތޯ.