ބަނގުރާ ފުޅިތަކެއް އަޅާފައިވާ ދަބަހެއް ހިފައިގެން އެމްޓީސީސީގެ ބަހަކަށް އަރަން އުޅުނު ބިދޭސީއަކު އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފި އެވެ.
ރޭގެ ވަގުތެއްގައި މާލެއިން، އެމްޓީސީސީ ބަހަކަށް އަރަން އުޅުނު އިންޑިޔާ މީހަކު ހިފައިގެން ހުރި ދަބަހާމެދު އެމްޓީސީސީ މުވައްޒަފުންނަަށް ޝައްކުވެގެން އެމީހާގެ ދަބަސް ހުޅުވާފައި ދެއްކުމަށް ވަނީ އެދިފައެވެ. އެމްޓީސީސީ މުވައްޒަފުން އިންޑިޔާމީހާގެ ދަބަސް ދެއްކުމަށް އެދުނީ އެ ދަބަހުގައި ރާފުޅިތައް ހުރިކަމަށް ޝައްކުވެގެންނެވެ.
އިންޑިޔާ މީހާ ވަނީ ދަބަސް ހުޅުވާފައި ދެއްކުމަށް ދެކޮޅު ހެދިނަމަވެސް ކުޑަކުޑަކޮށް ދަބަސް ހުޅުވައި ދެއްކި ވަގުތު އޭގައި ހުރި ބަނގުރާފުޅިތައް އެމްޓީސީ މުވައްޒަފުންނަށް ވަނީ ފެނިފައެވެ. އަދި އިންޑިޔާ މީހާ ވަނީ ދަބަސް އެއްލާލާފައި ފިލަން މަސައކަތްކޮށްފައެެވެ.








ޚިޔާލު (1)
ނޮހޮރުއްޕާނެއްނު ކާންބޯންދީ ބެލެހެއްޓުމުގެ ބަދަލުގަ ޑީޕޯޓްކޮށްބަލަ ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް