1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

މުޖައްރިބު "ކޯކް ކްލީނަރ"؛ ސާފުކޮށް އޮފްކޮށްލަދޭނެ، އަޖުމަ ބަލައިލަމާ!

kp
ޝަފްޢަތު ، ހުވަދޫ މީޑީއާ
3,429ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮކާކޯލާ، ކޯކްގެ ރަހައިން ހިތަށް ލިބޭ ފިނިކަމާއި މީހާއަށް ލިބޭ ތާޒާ ކަމާ ދެކޮޅު ހަދާކަށް ނެތީމެވެ. ދުވަހަކަށްވުރެ ދުވަހެއް ދުނިޔޭގެ ބާޒާރުގައި އަގު އުފުލެމުން، މީހުންގެ މެދުގަައި މަގުބޫލުކަން އިތުރުވަމުން އަންނަ ކޯކަކީ މީރުބުއިމެއް ކަމަށް ގަބޫލުކުރަމެވެ. އެކަމަކު ކޯކް ބޭނުންކޮށްގެން ކުރެވިދާނެ މާ ފައްކާ އެހެންކަމެއް ބުނެދެން ހެއްޔެވެ.

ގަބޫލުކުރަން ދެކޮޅު ނުހަދާށެވެ. އެއަށްވުރެ އަޖުމަ ބަލައިލުމުން މިކަމަށް ހިތްޖެހޭ ވަރު މާބޮޑުވެދާނެ ކަމަށް ވިސްނާށެވެ.

ބަދިގޭގައި ބޭނުންކުރާ ތެލި، ތަވާ ކަޅުވެ، ދަނބަރުކުލަ އަރާ ގޮތްވުމުން އެއްލާލުމަށްފަހު އާ އެއްޗެއް ހޯދަން ވިސްނާނަމަ އެފިކުރު ދޫކޮށްލާށެވެ. މިބުނެދޭ "ސާފު" ތައްޔާރުކޮށްގެން އެ ތެލިތަކާއި ހަޑިވެފައި ހުރި ސިންކު ނިކަން ދޮވެލަވަލާށެވެ. އާ އެއްޗެއް ގަތުމަށްވުރެ ލިބޭ ހަމަޖެހުން މާބޮޑުވާނެއެވެ.

300 × 250

މާގިނަ ތަކެއްޗެއް ބޭނުމެއް ނުވާނެއެވެ.

ކައްކާނެ ތެއްޔެއް، ކޮންމެވެސް ވައްތަރެއްގެ ސައިބޯންޏަކާއި އެންމެ ކުޑަކޯކްފުޅިއެއްގެ އިތުރުން ސާފު ފެން ފުޅިއެއް، މޭޒުމަތީ 1 ސަމުސާ ލޮނު

ތެއްޔަށް ސައިބޯނި ގާނާލާށެވެ. 2 ތަށްޓާއި 1/2 ތަށި ކޯކް ސައިބޯނިތެރެއަށް އަޅާށެވެ. އަދި ދެތަށި ފެން އެއަށް އަޅާށެވެ.

ސައިބޯނި ގިރި، އެއްވަންދެން މަޑުގިނީގައި ކައްކާށެވެ. ދޭފަތެއް ކަހަލަައެއްޗެއް ބޭނުންކޮށްގެން އެއްކުރަމުން ގެންދާށެވެ.

ސައިބޯނިއެކުވެ ގިރިނިމުމުން އުނދުނުގެ ގިނި މުޅިން މަޑުކޮށް، 5 އައުންސްގެ ފެނަށް، (ބައި ތަށިފެނަށް) ލޮނު ސަމުސާ އަޅާށެވެ. ފެނާއި ލޮނުކޮޅު އެއްކުރުމަށްފަހު މަޑުމަޑުން ސައިބޯނި ފެން އެއްޗަށް  އެއްކުރަމުން ސަމުސަލުން އެއްވަރުކުރަމުންދާށެވެ. ތަފާތުވެ އޮލަވަމުންދާނެއެވެ.

މުޅިސައިބޯނިއެތި އޮލަވެ ނިމުމުން އުނދުން ނިވައި، ތެލީގައި ކައްކާފައި ހުރި ސައިބޯނިފެން ތަށްޓަކަށް އަޅާށެެވެ. މަތި ޖެހުމަށްފަހު ފިނިވަންދެން ބަހައްޓާށެވެ. ހިހޫވެ ނިމޭއިރު ހުންނާނީ ހަރުވެފައެވެ. ތެލިދޮންނަ ސްޕަންޖުގައި އެތިކޮޅެއް ހާކައިގެން ތެލިތަކާއި ތަވާތައް އަދި ސިންކުތެރެވެސް ސާފުކޮށްލަމާ ހިނގާށެވެ. ކުލަފިލައި ސާފުވެ، ހަމަ މުޅިން އާ އެއްޗަކަށް ވެދާނެއެވެ.

މިއީ ނިކަން މުޖައްރިބު "ކޯކްކްލީނަރ" އެކެވެ. ނިކަން އެންމެ ކޯކް ތަށްޓެއް ގުރުބާން ކޮށްގެން މި އަޖުމަ ބަލާލަމާ ބަހީއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި