1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްއޫލިއްޔަތުން ރެކެން އުޅޭ މީހަކަށް ނުވާނަން، ވައުދުތައް ފުރިހަމަކުރާނަން: އިންތިހާބީ ރައީސް

މި
ސިޓީ ކައުންސިލްގެއާންމު ޖަލްސާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,709ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުން ހަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުން ރެކެން އުޅުއްވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ވެވަޑައިގެންފައިވާ ވައުދެއް ނަމަ ފުރިހަމަ ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 119 ވަނަ އާންމު ޖަލްސާގައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ ވައުދުތަކަށް އިޝާރާތް ކުރައްވައި އޭގެ ތެރޭގައި މާލެ އަށް ވެވަޑައިގެންނެވި ވައުދުތައް ހިމެނޭ ކަން ފާހަގަ ކުރެއްވުމާއެކު މުއިއްޒު ވިދާޅުވީ އެއިން ކޮންމެ ކަމެއް، އެމަނިކުފާނު ދެންނެވި ގޮތަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ.

300 × 250

އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އަމަލާއި ބަހާ ދިމާވާނެ ކަމަށް ވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ގާތަށް އައިސް މިކަމެއް ކޮށްދޭނަމޭ ކިއާފައި ދެން ގޮސް، އެކަމާ ދުރަށް ގޮސް ރެކެން މަސައްކަތް ކުރާ މީހަކަށް އަޅުގަނޑެއް ނުވާނެ. އަމަލާއި ބަހާ އިރާދަކުރެއްވިއްޔާ ދިމާވާނެ. އެ ހަގީގީ މާނައިގައި އެކަން ކުރުމުގެ ނިޔަތުގައި ނޫނިއްޔާ ނޯންނާނެ މުޅި ކެމްޕެއިންގައި އެންމެ ވަގުތެއްގައި ވެސް އެއްވެސް ވާހަކައެއްގައި އެ ނޫން ގޮތަކަށް ވާހަކައެއް ދައްކާފައެއް." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި ވަނީ ކެމްޕެއިންގައި އެހީތެރިކަން ދެއްވި ހުރިހާ ކައުންސިލަރުންނާއި މުވައްޒަފުންނަށް ޝުކުރު ދަންނަވައިފައެވެ. މޭޔަރު ކަމަށް ހޮވިވަޑައިގަތީއްސުރެ، މިއަދާ ހަމައަށް ކައުންސިލަރުންނާއި މުވައްޒަފުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި