އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފިއެވެ.
ފިރުޒުލް މިމަގާމަށް އައްޔަނު ކުރެއްވިކަން އިއުލާނު ކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައެވެ.
ދ. ކުޑަހުވަދުއަށް އުފަން ފިރުޒުލްއަކީ މިސްރުގެ އަޒުހަރު ޔުނިވާސިޓީން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.
އަލްއުސްތާޒް ފިރުޒުލް އަކީ ކީރިތި ގުރުއާން ހިތުދަސް ހާފިޒެކެވެ.
ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސައިފައިވަނީ ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހީމެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.