ސަރުކާރާއި ހަވާލުވަންދެން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަންކަން

1- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓުމެންޓެއް ނުކުރުން 2- ދައުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން 3- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން 4- ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން 5- ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގުރާމެއްގެ ދަށުން އައު ޕްރޮޖެކެޓެއް ނުފެށުން 6- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން 7- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން

Raees

ޑރ މުއިއްޒުގެ ސިޓީފުޅުގައި ވަނީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް ޝުކުރު އަދާކުރަައްވައިފަ އެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި، އާ ސަރުކާރާ ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން އޮމާންކަމާ އެކު ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވިކަން ފާހަކުރައްވައި ޝުކުރުވެރިކަމާ އެކު އެކަން ބަލައިގަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.