1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު: ސަރުކާރު

ertt
ޝަފްޢަތު ، ހުވަދޫ މީޑީއާ
398ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިއަދު ވަނީ އިޒުރޭލަށް ވަރުގަދަ ކުއްލި ހަމަލާއެއް ދީފައެވެ. އެއާ ގުޅިގެން އިޒުރޭލުންވެސް ވަނީ ހަނގުރާމަ އިއުލާނުކޮށް ފަލަސްތީނުގެ ޣާޒާއަށް ހަމަލާ ދޭން ފަށާފައެވެ. އަދި މި ހަނގުރާމައިގައި ޣާޒާގެ 200އެއްހާ މީހުން ޝަހީދުކޮށްލާފައެވެ. އަދި ހަމާސް ޖަމާއަތުންވެސް ވަނީ ޔަހޫދީ ސިފައިން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް 200 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. އަދި ހަމަ މިދަނޑިވަޅުގައި ރޭގައި އިޒްރޭލުން ޣާޒާއަށް ދީފައިވާ ކަރަންޓާއި ފެންވެސް ވަނީ ކަނޑާލާފައެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ޣާޒާގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.

300 × 250

ފަލަސްޠީނުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބީ އެއްބައިވަންތަކަމާއެކު ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.

ހަމާސް އިން އިޒުރޭލަށް މިއަދު ދިން ހަމަލާއަކީ މި ފަހުގެ ތާރީހެއްގައިވެސް އިޒުރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި