1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަލަސްތީނުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި ދެކޮޅަށް މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ބާއްވަނީ

ARRA
2021 މެއި މަހު ރާއްޖޭގެ އެކިހިސާބުގައި ފަލަސްތީނުގެ ނަސްރަށް އެދި ވަނީ ހިނގާލުން ތަކެއް ބާއްވާފައި....ފޮޓޯ:އަލީރަމީޒު އެފްބީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,887ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިން ތިބީ ފަލަސްތީނީންނާ އެކުގައިކަން ތިބިކަން އަންގައިދިނުމުގެ ގޮތުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، މި ހަފްތާގެ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކަށް، ބަދަލު ދިނުމަށް އިސްރާއީލުން ދޭންފެށި ބާރުގަދަ ހަމަލަތަކާއެކު ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެ ނުރައްކާތެރި އަދި އެހާމެ ނާޒުކު ފައްތަރެއްގައެވެ.

ފަލަސްތީނުގެ މުސްލިމުން އުފުލަމުންދާ ވޭނާއި ކެކުޅުމާއު އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިވެހިން މިވަނީ ހަރަކާތެއް އިންތިޒާމުކޮށްފައެވެ. މި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުތަކުން ހާމަވާ ގޮތުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް ބާއްވާނެއެވެ. އެ ސައިކަލު ބުރު ފަށާނީ އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ރަސްފަންނު ސަރަހައްދުން ކަމަަށް ވެއެވެ.

300 × 250

ރަށްރަށުގައި އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން ހިނގާލުންތައް ވެސް ބާއްވާނެ އެވެ.

ރާއްޖޭގެ އެކި ޖަމްއިއްޔާތަކުން ވަނީ ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ހުޅުވާލައިފައެވެ. އެހީޖަމިއްޔާ ހިދުމަތް ޖަމިއްޔާ އެއިޑް ފަދަ އެންޖީއޯތަކުން ދަނީ ވަރަށް ގާތުން ފަލަސްތީނުގެ އަހުންނާއި އުހްތުންގެ ހާލު ބަލައި ވީވަރަކުން އެހީވާން މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައިި، 2021 ވަނަ އަހަރުވެސް ރާއްޖޭގައި ވަނީ ބޮޑު ހަރަކާތެއް ބާއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި