ޕޭޔާގެ ކިއުއާރު ކޯޑު މެދުވެރިކޮށް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
ނަގުދު ފައިސާގެ ބަދަލުގައި ޕޭޔާ އިން ފައިސާ ދެއްކޭ ގޮތް ހަމަޖެއްސުމުން މަދު ސިކުންތުކޮޅެއް ތެރޭގައި ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކައި ނިންމާލެވޭނެއެވެ. ކިއުއާރު ކޯޑު މެދުވެރިކޮށް އެފްއެސްއެމްގެ ޝެޑްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުންނަށް ލިބުނު ވަތަށް ބޮޑު ފަސޭހައެއްކަމަށް ޕޭޔާއިން ވަނީ ބުނެފައެވެ،
ޕޭޔާއިން ބުނީ ނަގުދު ފައިސާ އާއި ކާޑުގެ އުނދަގުލަކާ ނުލައި މިހާރު ފަސޭހަކަމާއެކު ވެހިކަލަށް ތެޔޮ އަޅާލެވޭނެ ކަމަށެވެ.
"ޕޭޔާގެ އަވަސް، ކޮންޓެކްޓްލެސް އަދި ސްޓްރެސް ފްރީ ޕޭމަންޓްސް މެދުވެރިކޮށް އެފްއެސްއެމްއަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހުމަކީ ވަގުތު ސަލާމަތްކުރެވޭނެ ކަމެއް،" ޕޭޔާއިން ބުންޏެވެ.
އެފްއެސްއެމް ޕެޓްރޯލްޝެޑަށް ޕޭޔާއިން ފައިސާދެއްކޭ ގޮތްވުމަކީ ކަސްޓަމަރުންނަށް ވަރަށްބޮޑު ފަސޭހައެއް...ފޮޓޯ: ހުވަދޫނޫސް
ޕޭޔާއަކީ 2018 ވަނަ އަހަރު ޒުވާން ދިވެހި ޑިވެލޮޕަރުންތަކެއް އުފެއްދި އެޕްލިކޭޝަނެކެވެ. މިއީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރަން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ.
މި އެޕްގެ ކިއުއާރު ސްކޭން މެދުވެރިކޮށް ޝްވެކް ސިނަމާ އަށާއި ބައެއް ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ވެސް ފައިސާ ދެއްކެ އެވެ.
އެމްއެމްއޭ އިން ޕޭޔާއަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާއެއްގެ ލައިސަންސް ދިނީ 2022 ވަނަ އަހަރު މާރިޗްމަހުގައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.