1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބުން, އެއީ އަމާޒު : މުއިއްޒު

op0
ޝަފްޢަތު ، ހުވަދޫ މީޑީއާ
376ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ނުވަތަ ކޯލިޝަނަށް ލިބިގެން ދިއުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ރިޔާސީ ހާއްސަ ޕްރޮގްރާމްގާއި ވާހަކަދައްކަވަމުންނެވެ.

ގައުމުގެ ކަންކަން ހަމަ މަގަަށް އެޅުމުގައި ރައްޔިތުންގެ ވިސްނުން ހުރީ ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށްދާން ކަމަށް ގަބޫލު ކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

300 × 250

"ގައުމުގެ ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި އަޅުގަނޑުމެންނަށް ފުރުސަތު ދެއްވަން ތިއްބެވި ކަމަށް އަޅުގަނޑު ގަބޫލު ކުރެވޭ، އެހެންވީމަ އެ ވިސްނުމުގައި އަޅުގަނޑުމެން ކުރިއަށް އޮތް ދެ ތިން ހަތަރު މަހެއްގައި މަސައްކަތް ކުރާނީ. އަޅުގަނޑުމެން ޑެލިވަރ ކުރަން ހުރި ކަންކަން މިހާރުވެސް ކަނޑައަޅާ އެ ކަންކަން ރައްޔިތުންނަށް ކޮށްދެވޭތޯ މަސައްކަތް ކުރާނަން".

އޭގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމާއި، ހާރިޖީ ސިޔާސާތު ހަމަ މަގަށް އެޅުވުން މުއިއްޒު ފާހަގަކުރެއްވިއެވެ. މިއާއެކު ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސޭނެ މަގުގައި ކުރިއަށްގެންދެވެނޭ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މއެހެންކަމުން މިކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް ކްރިޓިކަލް ދައުރެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެޕީޕިއެމް/ޕީއެންސީގެ ގިނަ ބޭފުޅުންތަކެއް މަޖިލީހުގައި ތިބުން މުހިންމުކަމަށެވެ. މުއިއްޒު ވިދާޅުވީ އޭރަށް ކަންކަން ބާރު ސްޕީޑްގައި ގެންދިއުމުގައި މާބޮޑަށްވެސް ކުރިއެރުން ލިބޭނެކަމަށެވެ.

އަދި އެމަނިކުފާނުގެ އަމާޒަކީ ވިހާވެސް ގިނަ މެންބަރުން ހޮވުން ކަމަށްވެސް ވިދާޅުވިއެވެ.

"60އަށް ގިނަ މެންބަރުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގައި ނުވަތަ އަޅުގަނޑުމެންނާއި ގުޅިފައި ތިބި ބޭފުޅުންނާއި އެކީގައި އަޅުގަނޑުމެންގެ ކޯލިޝަނަށް އިރާދަކުރެވިއްޔާ ސުޕާ މެޖޯރިޓީއޭ މި ކިޔާ ގޮތަށް ޓޫ ތާރޑް މެޖޯރިޓީއެއް އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަސައްކަތް ކުރުން އަޅުގަނޑުމެންގެ އަމާޒަކީ.". އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބޭނުންފުޅު ވަނީ މިފަހަރު ހޮވޭ މަޖިލީސްގައި ތިއްބަވާނީ ރައްޔިތުން ބަލައިގަންނަ ތައުލީމީ ބޭފުޅުންނަށް ވުން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަންހެން ބޭފުޅުން އަޅުގަނޑު ބޭނުން ވަރަށް ގިނަ ކުރަން، އެންމެ ރަނގަޅު ގޮތަކީ މަދުވެގެން ތިންބައިކުޅަ އެއްބައި އެމްޕީސްއުންނަކީ އަންހެން ބޭފުޅުންނަށް ވާން. މިވަގުތު ގާނޫނެއް އެގޮތަށް ނެތް."

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި