1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވޯލްޑްބޭންކާއި އައިއެމްއެފް ބޯޑުގެ ޗެއާ ކަމަށް ފުރަތަމަފަހަރަށް ރާއްޖެ

kuio
ގަވަރުނަރު އަލީ ހާޝިމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
381ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑްބޭންކާއި އައިއެމްއެފް ބޯޑުގެ ޗެއާ ކަމަށް ފުރަތަމަފަހަރަށް ރާއްޖޭގެ ސެންޓްރަލް ބެންކުގެ ގަވަރުނަރު އަލީ ހާޝިމް ހޮވިވަޑައިގެންފިއެވެ.

ގަވަރުނަރު ހާޝިމް އެ މަގާމަށް ހޮވިވަޑައިގަތީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ.

މިއީ އެ ބޯޑުގެ ޗެއާއަކަށް ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ. ޗެއާކަން ކުރައްވާ ބޭފުޅުން އައިއެމްއެފާއި ވޯލްޑް ބޭންކްގެ އަހަރީ އާންމު ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން ހަރަކާތްތެރިވާނެއެވެ.

300 × 250

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކީ ކޮންމެ އަހަރަކުވެސް ހަމަޖައްސަނީ އައިއެމްއެފްގެ މައިގަނޑު ފަސް ސަރަހައްދުގެ ތެރޭގައި ދައުރުވާ މަގާމެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަން ކަމަށް ހަމަޖައްސަން ނިންމާފައިވަނީ އޭޝިއާ ޕެސިފިކް ސަރަހަދުއްގެ މެމްބަރު ގައުމުތަކުން ބޭފުޅެކެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ. މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި