1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

100 ސްކޫލް ދަރިވަރުންނާއި އެކު އެމްޕީއެލް އިން "ޕޯޓް އޯޕަން ޑޭ" އެއް

rth
ފޮޓޯ: އެކްސް.ކޮމް..އެމްޕީއެލް
ޝަފްޢަތު ، ހުވަދޫ މީޑީއާ
513ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އޮތް މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް، 100 ދަރިވަރުންނާއެކު  "ޕޯޓް އޯޕަން ޑޭ"ގެ މިއަދު ބާއްވައިފި އެވެ.

މިއީ ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މީގެ އިތުރުން އެމްޕީއެލްއިން ފާހަގަ ކުރި ގޮތުގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާއި އޮތް ގުޅުން ވަރުގަދަ ކުރުމަކީވެސް ހަރަކާތުގެ އެއް މަގްސަދު ކަމުގައެވެ.

އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި "ޕޯޓް އޯޕަން ޑޭ" 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ހިމެނޭ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

300 × 250

އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ.އަތޮޅު ތަޢުލީމީ މަރުކަޒާއި ނ.ހެނބަދޫ ސްކޫލް އަދި ރ.އިނގުރައިދޫ ސްކޫލްގެ ދަރިވަރުންނެވެ.

މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން ޕޯޓުގެ އަމަލީ މަސައްކަތްތައް ބަލާލުމަށް އެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށްފަ އެވެ.

މީގެ އިތުރުން ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ވަނީ ދައްކާލައިފަ އެވެ. އަދި ހުޅުމާލެ އިންޓާނޭޝަނަލް ޓަރމިނަލް އަށް ވެސް ދަރިވަރުން ޒިޔާރަތްކުރި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި