ގއ ވިލިނގިލީ "ހުސީނާ" ދޯނިން ފަލަސްތީނަށް އެހީވުމަށް ނިންމައިފިއެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ހަފުތާގައ ބާނައި ކިރުވި އެއް ޓަނުގެ މަހަށް ވާ ފައިސާ، ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ހުސީނާ ދޯނިން ވަނީ ބުނެފައެވެ. މިދިޔަ ހަފްތާގައި ކިރުވި އެއް ޓަނުގެ މަހަށް ގާތްގަނޑަކަށް 25،000ރ. ލިބޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ދޯނިން މައުލޫމާތު ދިން ފަރާތަކުން ބުނީ ކޫއްޑޫން އެ ފައިސާ އަވަހަށް ފައިސާ ހަދިޔާކުރާނެ ކަމަށެވެލ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި މިހާރު ވެސް ދެ ފަންޑެއް ވަނީ ހުޅުވާފައެވެ. އެއީ މޯލްޑިވްސް ރެޑް ކްރެސެންޓާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެވެ. މީގެއިތުރުން ރާއްޖޭގެ އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ ފަލަސްތީނަށް އެހީ ހޯދައިދެމުންނެވެ.

އިސްރާއީލްގެ އަނިޔާވެރިކަން އަނެއްކާ ވެސް އިންތިހާ އަށް ގޮސް، ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ނިކަމެތިކަމަކާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. ގެޔާއި ގެދޮރު ހަލާކުކޮށް، ބަޑަށް ޖެހި ފެން ބޭނުންވެފައެވެ. ރެފިއުޖީ ކޭމްޕްތަކަށްވެސް ހަމަލާދީ އެތައް އާއިލާއެއް ވަނީ ޝަހީދުވެފައެވެ.