ރ. ދުވާފަރުން ފީނަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ދުވާފަރުން ފީނަން ގޮސް އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާ ނަމަކަށް ކިޔާ މީހެކެވެ. މިމީހާ ވަނީ ރ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ބުނި ގޮތުގައި މިހާދިސާގެ ހަބަރު ލިބިފައި ވަނީ މިއަދު މެންދުރުފަހު 2:12 ހާއިރު އެވެ. ފުލުހުން ބުނީ 2:12 ހާއިރު، ރ އަތޮޅު "ޔޫ އެންޑް މީ" ރިސޯޓު ކައިރިއަށް ފީނަން ފޭބި މީހަކު ހަބަރު ހުސްވެގެން ރ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނުކަމަށެވެ.
މިކަމާ ގުޅިގެން ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ރ އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ހަސަން ފަޒީލު ޑޮކްޓަރުންނާ ހަވާލާދީ ވިދާޅުވީ އެމީހާ މަރުވެފައި ވަނީ ގެނބިގެން ކަމަށެވެ.
މިހާރު އިސްމާއިލް މޫސާގެ ހިނެއުމުގެ ކަންތައް ކުރިއަށްދާކަމަށްވެސް ހަސަން ފަޒީލް ވަނީ ވިދާޅުވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.