1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖޯ ބައިޑަން އިޒްރޭލަށް؛ އަރަބިގައުމުތަކުން ބައްދަލު ކުރުމަށް ދެކޮޅު

bai
ޖޯ ބައިޑަން އާއި މިސްރުގެ ރައީސް އާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް އުރުދުންއިން ކެންސަލް ކުރީ އުރުދުންއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
367ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޣައްޒާގެ ހޮސްޕިޓަލަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް އުރުދުންއިން ކެންސަލްކޮށްފިއެވެ.

ފަލަސްތީނުގެ ލީޑަރު މަހްމޫދު އައްބާސް މީގެ ކުރިން ވަނީ އެ ބައްދަލުވުމުން ވަކިވެވަޑައިގެންފައެވެ.

އުރުދުން ސަމިޓުގެ ގޮތުގައި ބައިޑަން އާއި އެ ވެރިން ކުރިން ބައްދަލުކުރައްވަން އޮތް ނަމަވެސް ގާޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާއާއި ގުޅިގެން އެ ގައުމުތަކުން މިވަނީ އެ ސަމިޓަށް ނޫނެކޭ ބުނެފައެވެ.

300 × 250

އެހެންކަމުން ބައިޑަން ހަމައެކަނި ދާނީ އިޒްރޭލަށް ކަމަށް އިޒްރޭލުންވެސް ބުނެފައިވެއެވެ.

ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދީ 500 އަށްވުރެ ގިނަ މީހުން މަރާލުމާއި ހަމައިން ހަނގުރާމައިގެ މަސްރަހު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އަލްއަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުގައި ހިނގި ހަމަނުޖެހުންތަކުގައި 500 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. ރެފިއުޖީން ދިރިއުޅޭ އދ އިން ހިންގާ ސްކޫލަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕެއްގެ ދެ އަވަށަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އިތުރު 37 މީހުން ވަނީ މަރުވެވެފައެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ބުނީ ބޮމުގެ ހަމަލާތައް ދީފައިވަނީ ޖަބާލިއާގެ އަލްކަސައިބާއި ހަލީމާ އަލް ސާދިޔާގެ ސަރަހައްދުތަކަށް ކަމަށެވެ.

ޣައްޒާގެ ދެކުނުގައި ވެސް ބުދަ ދުވަހުގެ ފަތިހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރުވެ ހަތް މީހަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާ އަރަބިކް އިން ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ބޮން ގޮއްވާލާފައިވަނީ ޚާން ޔުނިސްގެ ހައްމާދު އަވަށުގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި