ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ޣާޒާގެ ހޮސްޕިޓަލަށް ދިން ހަމަލަ ކުށްވެރިކޮށް ރާއްޖޭގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރޭގައި އިޒްރޭލުން ގާޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ މިއަދު ފޮރިން މިނިސްޓްރީން ނޫސްބަޔާނެއް ނެރެފައެވެ.
ފޮރިން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރާކަމަށެވެ. އަދި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.