ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެ ބޭންދި މައްސަލައިގައި ހައްޔަރުކުރި މީހާއަށް 30 ދުވަސް ބަންދަށް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުއްދަތު ކޮމިޓީން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށްއަމުރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ދިމާވި އަންހެންކުއްޖާގެ މަންމަ މި މައްސަލަ ފެންމަތިވ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ދަރިފުޅު ބަލިވެ ބޭންދުމަށްފަހު ބޭސް ދީގެން ބަނޑުގައި ހުރި ފުރާނަ ނައްތާލަން މަސައްކަތް ކުރި ކަަމަށެވެ. އެ މަންމަ ބުނީ އެކަން ކުރި ބަޔަކު އޭނާ ކައިރީ އެވާހަކަ ދެއްކި ކަމަށެވެ. އަދި އެ ވަގުތު ފުލުހަށް މައްސަލަ ހުށަހަޅި ކަމަށެވެ.
ނަމަވެސް މައްސަލައިގައި ފުލުހުންގެ މާ ބޮޑު އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.
ގއ. ގދ. އަތޮޅުގެ އިތުރުން އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭހެން ދެކުނަށް ނިސްބަތްވާ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކު ބަލިވެ ބޭންދި މައްސަލައެއް ފުލުހުން ބަލަން ފަށާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.