އާބާދީ ކުޑަޔަސް ގއ ކޮނޑޭގެ ރައްޔިތުން ފަލަސްތީނަށް އެހީވުމުގައި ރިވެތި ނަމޫނާއެއް ދައްކައިފިއެވެ.
ފަލަސްތީނަށް އެހީވުމަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ މުވައްސަސާތައް ގުޅިގެން އިއްޔެ ހެދުނު 6:45 އިން ފެށިގެން 18:00 އަށް ކުރިޔަށް ގެންދިޔަ މަސައްކަތްދުވަހުގެ ހަރަކާތަށް ވަނީ -/56550 (ފަންސާސް ހަހާސް ފައްސަތޭކަ ފަންސާސް) ރުފިޔާ ލިބިފައެވެ.
ކޮނޑޭއަކީ އާބާދީގެ ގޮތުން ކުޑަ ރަށެކެވެ. އެންމެ 614 (ހަ ސަތޭކަ ސާދަ) މީހުން ދިރިއުޅޭ ގއ ކޮނޑޭއިން ފަލަސްތީނަށް އެހީ ވުމަށް ކުރަމުން އަންނަ މަސައްކަތަކީ ފާހަގަ ކޮށްލެވޭ ފަދަ މަސައްކަތެކެވެ. މިކުޑަކުޑަ އާބާދީން ވަނީ އެންމެ ދުވަހެއް ތެރޭ (ފަންސާސް ހަ ހާސް ފަސްސަތޭކަ ފަންސާސް) -/56550 ރުފިޔާ ހޯދައިފައެވެ.
ފޮޓޯ: ވޮއިސް އޮފް ކޮނޑޭ އެފްބީޕޭޖްޕޯސްޓް
ކޮނޑޭ ކައުންސިލުން ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ ކުރިންވެސް ރަށުގައި ފަލަސްތީނަށް އެހީވުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މީގެ ހަތަރު ދުވަސްކުރިން "ކޮޮނޑޭ ރައްޔިތުން ފަލަސްތީނާއި އެކު" މި ޝިއާރުގެ ދަށުން ރަށުގެ އަންހެން ކަނބަލުން ވަނީ ހަވީރު 16:00އިން 18:00އަށް ކުރިއަށް ގެންދެވުނު ފަންޑް ރައިޒިންގް ހަރަކާތުން ލިބުނު ފައިސާ ކޮނޑޭ ކައުންސިލާ ހަވާލްކޮށް ޣާޒާގެ ފަންޑަށް ހަދިޔާ ކޮށްފައެވެ. ކަނބަލުން ގެ މި ހަރަކާތަށް ޓްރާންސްފަރ ކޮށްގެން -/2931 ކޭޝްގެ ގޮތުގައި -/3300، ޖުމްލަ. -/6231 ( ހަހާސް ދުއިސައްތަ އެއްތިރީސް ) ރުފިޔާ ވަނީ ލިބިފައެވެ.
އިއްޔެ އެއްކުރެވިފައިވާ ފައިސާއަކީ ހަމައެކަނި އިއްޔެ ކުރިއަށް ގެންދިޔަ "މަސައްކަތު ދުވަސް" ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ލިބިފައިވާ ފައިސާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ފޮޓޯ: ވޮއިސް އޮފް ކޮނޑޭ އެފްބީޕޭޖްޕޯސްޓް
އެގޮތުން ގޭގެއަށް ގޮސް އެކި ކަހަލަ މަސައްކަތްތައް ނަގައިގެން އެ މަސައްކަތްތަކުން ހޯދި ފައިސާ އާއި ހެދިކާ ވިއްކައިގެން ހޯދި ފައިސާގެ އިތުރުން އެކި މުވައްސަސާތައް ގުޅިގެން ހިންގި ތަފާތު އެކި ހަރަކާތްތަކުން ލިބުނު ފައިސާ ކަަމަށްވެއެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ވަރަށް އަވަހަށް ރަށުގެ އަންހެން ކަނބަލުން ހެދިކާ ވިއްކައިގެން ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތެއްވެސް ވަނީ ރޭވިފައެވެ.
ކޮނޑޭގެއަކީ މާޒީގައިވެސް މިފަދަ ކަންކަމުގައި ނަމޫނާ ދައްކާފައިވާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށް ގަބޫލު ކުރެވެއެވެ.
ޚިޔާލު (1)
ކޮންޑޭކުދިން ތިދެއްކި ލާމާސީލު ނަމޫނާ އަށް ސާބަސް ސާބަހޭ ކޮންޑޭމަލާ