ފަލަސްތީނުގެ ރައްޔިތުންތަކަކަށް ދިވެހިންގެ ފަރާތުން ފައިސާ ބަހައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ން ބުނީ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭއައިސީން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި، މަސައްކަތް ކުރާ ސަރަހައްދުތަކެކެވެ.
"ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އަޅުގަނޑުމެން މިވަނީ އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައި. މި ސަރަހައްދު ތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި، މަސައްކަތް ކުރާ ސަރަހައްދުތައްކަން ފާހަގަ ކޮށްލަން." އޭއައިސީން ބުންޏެވެ.
ނަގުދު ފައިސާގެ ގޮތުގައި 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ފައިސާ ދެވިފައިވާ ކަމަށް އޭއައިސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި ގެތައް ހަލާކުވި ފަރާތްތަށް ވެސް ހިމެނޭ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
ފައިސާ ބަހާފައި މިވަނީ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން: އޭއައިސީ
"200 އާއިލާއަކަށް މިވަނީ 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ ދެވިފަ. ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި އެކީއެކަށް ގެ ހަލާކުވި ފަރާތްތަށް މީގެ ތެރޭގައި ހިމެނޭ.. އަޅުގަނޑުމެންގެ ހެޔޮ ދުޢާ އާއި އެހީ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާ." އޭއައިސީ
އޭއައިސީން ރާއްޖޭގައި ފައިސާ އެއްކުރަން ހުޅުވާފައިވާ ފަންޑަށް އަދިވެސް ފައިސާ ޖަމާ ކުރެވޭނެއެވެ. މި ފަންޑު ހުއްޓާލާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.