1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި އިގްތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ސިންދަފާތު ކުރަންޖެހޭ: ޑރ މުއިއްޒު

AV4
އަންނައަހަރުގެޕީކްސީޒަނަށްވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ނިންމައި ޚިދުމަތްދޭން ފަށާނަން:ޑރ މުއިއްޒު....ފޮޓޯ:ޕްރެސިޑެންޓް ޑރމުއިއޒުފޮޓޯހަބް
ޝަފްޢަތު ، ހުވަދޫ މީޑީއާ
355ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި އިގްތިސާދު ސިންދަފާތުކުރުމުގެ އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތުވެސް ސިންދަފާތުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ހޮޓްލިއާ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން އަންނާނީ އެދާއިރާގެ މުވައްޒަފުންނާއި ޓްރެވެލް އެޖެންސީތަކާއި، ސަފާރީތަކާިއ ގެސްޓްހައުސްތައް، ހާއްސަކޮށް މުޅި އިންޑަސްޓްރީ ގުޅިގެން ކުރާ މަސައްކަތުންކަމަށް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު މި ސިނާއަތަށް އެންމެ މުހިންމީ ވެލާނާ އިންތަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފިނި މޫސުމަށް އެ މަޝްރޫޢު ނިންމުން މުހިންމުކަމަށެވެ.

300 × 250

AV2އަންނައަހަރުގެޕީކްސީޒަނަށްވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ނިންމައި ޚިދުމަތްދޭން ފަށާނަން:ޑރ މުއިއްޒު....ފޮޓޯ:ޕްރެސިޑެންޓް ޑރމުއިއޒުފޮޓޯހަބް

2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަންނަންވާއިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓާމިނަލް ނިންމައި ޚިދުމަތްދޭން ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބެނީ އެ ދާއިރާގާއި މަސައްކަތްކުރާ މުވައްޒަފުންނާއި، ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ޓްރެވަލް އޭޖެންސީތަކާއި، ގެސްޓުހައުސްތަކާއި އަދި މުޅި މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ މަސައްކަތުން ކަމަށެވެ.

ފަތުރުވެރިކަމުގެ މުސްތަޤުބަލު ދިވެހިރާއްޖޭގެ މުސްތަޤުބަލާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގާއަޅައިދީ މިހާ ހިސާބަށް މުޅި ޞިނާޢަތު ނަގަހައްޓަވައިދެއްވި ފަރާތްތަކުގެ މިންނެތް މަސައްކަތުން ކަމަށެވެ. އަދި އެ ފަރާތްތަކަށް ތައުރީފު ކުރައްވާ ކަމަށެވެ.

ދިވެހި އިގްތިސާދު ސިންދަފާތުކުރުމުގެ (ޑައިވަރސިފައިކުރުމުގެ) އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތުވެސް ސިންދަފާތުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށާއި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރުންޖެހޭކަން ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.

(ނޯޓް: ސިންދަފާތު ކުރުމަކީ ޑައިވަރސިފައިކުރުން)

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި