1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެމްޕެއިން ތެރޭ ދެއްކި އެކުވެރިކަން ދެމެހެއްޓުމަށް ޑރ މުއިއްޒު އެދިވަޑައިގެންފި

Av1
މުއިއްޒު ވިދާޅުވީ އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށް....ފޮޓޯ: ޕްރެޒިޑެންޓް ޑރ މުއިއްޒު ފޮޓޯ ހަބް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,078ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަމަ މަގަށް އެޅުވުމުގައިވެސް، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ކެމްޕޭނު ޓީމުތަކުން ދެއްކި އެކުވެރިކަން ދެމެހެއްޓުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފިއެވެ.

ޑރ. މުއިއްޒު މިކަމަށް އެދިލެއްވީ މާލޭގެ ކެމްޕޭނު ޓީމުތަކާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެޖެންޑާގައި ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަން ނެތެއްކަމަކު އެމަނިކުފާނު ވަނީ ކުރުވާހަކަކޮޅެއް ދައްކަވާފައެވެ.

300 × 250

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނު ޓީމުތަކުންކުރީ ހިތްވަރު ގަދަ ބުރަ، އިހްލާސްތެރި ގައުމީ މަސައްކަތްތަކެއް ކަމަށެވެ.

"ގައުމު މިއަދު މި އޮތް ހާލަތުން އަޅުގަނޑުމެން އެދޭ މަންޒިލަށް ދިވެހީންގެ ރާއްޖެ ގެންދިއުމަށް ހުރިހާ ބޭފުޅުންވެސް ރެއާ ދުވާލު ކުރީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށާއި ކެމްޕޭނު ތެރޭގައި ދެއްކި އެކުވެރިކަން، ނުގުޑާނެ ފަދަ އަޒުމެއްގައި، ގައުމު އުޖާލާ މަންޒިލަކަށް ގެންދިއުމުގައިވެސް ދެއްކުމަށް އެދިލައްވާކަމަށެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި