1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ފެނަކައިގެ ބޮޑު ހިޔާނާތެއް ފަޅާ އަރައިފި

mafu
ފެނަކައިގެ އެމްޑީ، ސައީދު....ފޮޓޯ:ޕީއެސްއެމްއެ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,546ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފެނަކަ ކުންފުނިން ހިންގާފައިވާ ބޮޑު ހިޔާނާތުގެ އަމަލެއް ފަޅާއަރައިފިއެވެ.

އަތޮޅުތަކުގެ ރަށްތަަކަށް ޔުޓިލިޓީސްގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ފެނާއި ނަރުދަމާ ކަރަންޓު، "ފެނަކަ" ކޯޕަރޭޝަނުން ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް މުދާ އުފުލުން ހަވާލުކޮށް އެ ކުންފުންޏަށް ގިނަ އަދަދެއްގެ ޕާޗޭސިން އޯޑަރުތައް ހަދައި އެތައް މިލިއަން ރުފިޔާއެއް އެ ކުންފުންޏަށް ދީފައިވާ ކަމުގެ ލިޔުންތައްވެސް ބައެއް މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ. ފެނަކައިން ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދޭންހުރި ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓާފައި ހުރި ނަމަވެސް މި ކުންފުންޏަށް ދޭންޖެހޭ ފައިސާގެ ބޮޑު ބައެއް ފެނަކައިން ދީފައިވާކަން ހާމަވެގެން ގޮސްފައިވާ މި ލިޔުންތަކުން އެނގެއެވެ.

މީޑިޔާތަކުގައި ހާމަކޮށްފައިވާ "ފެނަކައިގެ މި ބޮޑު ހިޔާނާތުގެ" ލިޔުންތައް ބުނާ ގޮތުގައި ހިޔާ މޯލްޑިވްސް ކުންފުނިން 45 އަށްވުރެ ގިނަ ފަހަރު ވަނީ އެ ކުންފުންޏަށް ދޯނި ކުއްޔަށް ހިފާފައެވެ. އެއިން ކޮންމެ ފަހަރަކުވެސް ދޯނި ކުއްޔަށް ނަގާފައިވަނީ 180،000 އާއި 450،000 ރުފިޔާއާ ދެމެދުގެ އަގެއްގައިކަން ފެނަކައިން ހަދާފައިވާ ޕާޗޭސިން އޯޑަރުތަކުން ހާމަވެއެވެ. އެއިން 13 އޯޑަރެއް ފިޔަވައި ބާކީހުރި ހުރިހާ އޯޑަރަކަށް ދޭންޖެހޭ ފައިސާ ފެނަކައިން އެ ކުންފުންޏަށް ދޫކުރިކަންވެސް ލިޔެކިޔުންތަކުން އެނގެއެވެ.

300 × 250

ކުންފުނީގެ ވެރިންނަށް ފައިދާވާ ގޮތަށް އެމީހުންނާ ގާތްގުޅުން އޮންނަ ފަރާތްތަކުގެ މަސްލަހަތު އެކުލެވޭ ކުންފުނިތަކަށް އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ފެނަކައިން ދޫކުރާއިރު، ގިނަ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ފައިސާ ނުދައްކައި ފެނަކައިން ބަހަނާ ދައްކާތީ ދޭތެރެ ދޭތެރެއިން ކުންފުނިތަކުގެ ވެރިން އަންނަނީ ފެނަކަ ކައިރިއަށް އެއްވެ އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރަމުންނެވެ.

ފެނަކައިން ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ އެ ކުންފުނީގެ މެނޭޖުމެންޓު ވަރަށް ބޮޑަށް ދިފާއުކޮށް އެ ކުންފުނިން އެއްވެސް ގޯހެއް ނުހަދާކަމަށް ދޭހަވާ ގޮތަށް ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. އެ ކުންފުނިން ނާޖައިޒު ގޮތުގައި ފައިދާ ލިބޭ ކުންފުނިތަކުގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ގުޅިފައިވާ ކުންފުނިތައް ހިމެނޭކަމަށް ބައެއް މީހުން އަންނަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ.

އެ ކުންފުނީގެ ކޮރަޕްޝަނުގެ ގިނަ އަދަދެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވީ ނަމަވެސް އެއިން ގިނަ މައްސަލަތައް އެ ކޮމިޝަނުން ބަލާފައިނުވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޔާސިރު ފެކްޝަން އުތުރު ދާއިރާ

    އަސްތާ އަސްތާ އެކުވެރި މުގުނީގެ ދޯނިން މުދާ އުފުލައިގެން ތިކަހަލަ ބޮޑު ވައްކަމެއްކޮއްފާނެކަމަށް މަށަކަށް ގަބޫލެއްނުކުރެވެއެވެ. ގދ މަޑަވަލި، ގދ.ހޯޑެއްދޫ އަދި ތިނަދޫއަށް ގެންދަންޖެހޭ މުދާތަށް ގެންދިޔުމުގާ މާލެއިން ތިނަދޫ ސިޓީއަށް 370000ރ ބިލެއް. މާލެއިން ގދ.މަޑަވެއްޔަށް 380000ރ ބިލެއް. މާލެއިން ގދ.ހޯޑެއްދަުއަށް 390000ގެބިލެއް އެއްދަތުރެއްގެ ތެރެއިން ހެދުމަކީ ވިޔަފާރީގެ އުކުޅެއް އެއީ މައްސަލައެއްވެސް ނޫން. މުގުނީއަކީ ރަށުގެ މަންފާއަށާއި ލާބައަށް މަސައްކަތްކުރަމުން ގެންދަވާ ދަރިއެކެވެ "މުގުނީ 2024" މަށާ މަގޭ އާއިލާވެސް މުގުނީގެ ދިފާއުގާ

ގުޅުންހުރި