1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސާއި ނައިބު ރައީސްގެ ވައުދުގެ ފުރަތަމަ އުމުރާ ދަތުރު މަޖިލިހުން ދީފި

gaaf
ޕެމާ ކްލަބުގެ ފަރާތުން މެންބަރުންނަށް އުމްރާ ދަތުރެއްދިން ފުރަތަމަ ފަހަރު....
ޝަފްޢަތު ، ހުވަދޫ މީޑީއާ
731ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސާއި ނައިބު ރައީސްގެ ވައުދުގެ ފުރަތަމަ އުމްރާ ދަތުރު، ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް(ޕެމާ) އިން މަޖިލީހުގެ މުވައްޒަފަކަށް ދީފިއެވެ.

ޕެމާ ކްލަބުގެ ފަރާތުން މެންބަރުންނަށް އުމްރާ ދަތުރެއް ދިނުމަކީ 2023 ވަނަ އަހަރަށް އިންތިހާބު ކުރެވުނު ހިންގާ ކޮމެޓީގެ ރައީސް އިބްރާހީމް ނަދީމާއި ނައިބު ރައީސް ހަސަން ޒިޔާއުގެ ވައުދެކެވެ. މިއީ އެކުލަބުން ދިން ފުރަތަމަ އުމްރާ ދަތުރެވެ.

އުމްރާ ދަތުރު ދީފައިވަނީ މީގެ ކުރިން އުމްރާއަށް ނުދާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ. އެގޮތުން އުމްރާ ދަތުރު ލިބިފައި ވަނީ އެ އިދާރާގެ މެއިޓެނެންސް ސެކްޝަނުގައި މަސައްކަތް ކުރާ މުހައްމަދު ނައީމް އަށެވެ.

300 × 250

ނައީމްއަށް ލިބިފައިވަނީ 15 ދުވަހުގެ ޢުމްރާ ދަތުރެއް ކަމަށް ޕޭމާ އިން ބުނެއެވެ. އޭނާއަށް މި ދަތުރު ހަވާލުކޮށްދެއްވީ މަޖިލީހުގެ ސެކެރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާއެވެ. ނައީމް 2000ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

"މިއީ ޕެމާގެ ތާރީހުގައިވެސް މެންބަރުންނަށް އަމާޒުކޮށް މިގޮތަށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު. މިއީ އަޅުގަނޑުމެން ޕެމާގެ އިންތިހާބުގައި ވީ ވަޢުދެއް. ވަޢުދު ފުއްދޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިތުރު ފުރުސަތުތައް ޕެމާގެ މެންބަރުންނަށް ހޯދައިދިނުން," ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވިއެވެ.

ޕެމާގެ ކްލަބްގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނެވެ. އަދި ހިންގާ ކޮމެޓީގައި ހިމެނެނީ މަޖިލީހުގެ މުވައްޒަފުންނެވެ. ކްލަބެއްގެ ގޮތުގައި ރަސްމީކޮށް ޕެމާ ރަޖިސްޓްރީ ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި