ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސަރުކާރު ކުންފުނިތަކުގައި ތިބޭ މީހުން ބަދަލު ކުރަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށް އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަަހެޅުއްވި ސަަރުކާރުތަކުން އިންތިހާބުތަކަށް ނުފޫޒުފޯރުވުން ހުއްޓާލަން ގޮވާލާފައިވާ ގަރާރުގެ ބަހުސްގައި މެންބަރުން ވިދާޅުވީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރާ އެންމެ ބޮޑު ކަމަކީ ކުންފުނިތަކަށް ބޭނުންނުވާ ވަރަށް ވަޒީފާ އުފެއްދުން ކަމަށާއި އެކަމުގައި އެންމެ ކުރީ އުޅެނީ ފެނަކަ ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން މެޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވީ، ކޮންމެ ސަރުކާރެއް ބަދަލުވުމުން ކުންފުނިތަކަށް ބަދަލު ގެނައުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެކަން ހުއްޓޭނީ އެތަންތަނަށް ނަގާ މީހުންގެ މެރިޓަށް ބަލައި ގާބިލް މީހުން މަގާމުތަކަށް އައްޔަން ކޮށްގެން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް ބަދަލު ގެންނާތީ އަސްލަމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެތަންތަނުގައި ތިބޭ މީހުން އަވަސް އަވަހަށް ބަދަލުވާނަމަ ގައުމު ހިންގާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. "އަޅުގަނޑު ވެސް ގަބޫލު ކުރަން ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން ޖެހޭކަން. ކޮންމެ ސަރުކާރެއް ބަދަލުވެގެން އަންނައިރު އެ ސަރުކާރެއްގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެންމެން ބަދަލުވާކަށް ނުޖެހޭނެ. ސަރުކާރު ކުންފުނިތަކަކީ އެހެން ހިންގަން ޖެހޭނެ ކުންފުނިތަކެއް ނޫން. ސަރުކާރު ކުންފުނިތައް ހިންގަން ޖެހޭނީ އެކުންފުނިތައް ހިންގޭ ހަރުދަނާ ގާބިލު މީހުން،" އަސްލަމް ވިދާޅުވި އެވެ. ސަރުކާރަށް އަމާޒުކޮށް އިދިކޮޅު މެމްބަރުން ގެންދިޔައީ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން ކުންފުނިތަކުގައި ބޮޑެތި ވައްކަންތައް ހިންގައި، މިހާރު އެކަން ފޮރުވަން ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ. އެކަންކަމަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ އިންތިހާބުތަކަށް އޮތް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އިދިކޮޅު ފަރާތްތައް ކަމަށެވެ. މުޅީން ދޮގު ވާހަކަތައް ފަތުރައި ކަން ހިނގައި ދިޔަ ގޮތް ނޫން އެހެން ގޮތް ގޮތަށް ވާހަކަ ދައްކަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އަސްލަމް ނުސީދާކޮށް ބަހުގެ ހަމަލާ ރައްދު ކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށެވެ.








ޚިޔާލު (4)
ބަލަ ކަލޯ ކަލޭމެންނަކަ ނޭންގޭނެ ބަޔަކު ވެރިކަން ކުރާނެ ގޮތެއް ކަލޭމެންގެ ވެރިނަމުގަ އެހެން ނޫނީ މީހުން ބުނިގޮއި ހެދީސް މިހާރު ދެން މޮޔަބޮލަ އަރާޓެން ތެޅޭނެ ކަމެ ނެއި ތިމާ މީހަ ވަރު މީހަކު ނެތިގެން އުޅޭނެ ކަމެ ނެއް މާތިރި ވެޓެން ވުރެވޭތޯބަލާ
ތިބޭފުޅުންނަށް ކަމުނުދާ ކޮންމެ ކަމެއް ގޯސް. ވެރިކަން ލިބުނީމަ މުޅިޤައުމު މޮޑެލީ. ވެރިކަން ވެއްޓުނީމަ ދެން މަޑުން ހުންނަވާ.
ކުންފުނިތަކަކީ އެއިރެއްގަ އޮންނަ ސަރުކާރެއް ނިސްބަތްވާ ޕާޓީގެ ސަޕޯޓަރުންނަށް އެކި ވިޔަފާރިދީގެން ދައުލަތުގެ ފައިސާ ޕާޓީގެ ޖީބުތަކަށް ފޯރުކޮށްދޭ އެންމެ މުހިންމު ވަސީލަތައް އޮންނަނީ ވެފަ. ފުރަތަމަ މިކަން ބަދަލުކުރާންޖެހޭ.
ދެންކަލޭމެންގެެ މިނިމުނުު ވެރިކަމުގައިި ކީއްވެ މީހުންކަނޑާނާ ތަންތަނުގެ ނަން ބަދަލުކޮށް ހެދީ ހާދަ ހެއްވަޔޭ!