1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ލީކްވި ވީޑިޔޯއާ ގުޅޭ މައްސަލަ މި ދަނީ ބަލަމުން: އެފްއެސްއެމް

fsm7
ފޮޓޯ:ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
572ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

އެކަން ހާމަކޮށްފައި ވަނީ އެފްއެސްއެމުން ނެރުނު ބަޔާނެއްގައެވެ.

އެ ކުންފުނިން އެހެން ބުނީ، ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމާ ގުޅިގެންނެވެ.

300 × 250

އެ ވީޑިއޯއިން ފެންނަނީ ސިނާއީ ރަށް، ތިލަފުށީގެ އެފްއެސްއެމްގެ ޖެޓީ ކައިރީގައި ކޮންކްރީޓް ގަށާ މެޝިނަކަށް އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތައް އަޅައި ގަށާލައި އެ ލިޔުންތައް ނައްތައިލާ މަންޒަރެވެ.

އެފްއެސްއެމުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެއެވެ. ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުން ނުވާ ބައެއް ލިޔުންތައް ކުންފުނިން ނައްތާލަމުންދާ ކަމަށެވެ.

މިހާރު އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަން ފާހަގަކުރުމާއެކު އެފްއެސްްއެމްގެ ބަޔާނުގައި ބުނީ ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މަރުހަބާ ކިޔާނެ ކަމަށެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އަހުމަދު

    މައްސަލައަކީ ވީޑިއޯ ލީކުވުމެއްނޫން. މައްސަލައަކީ ކަންކަން ފޮރުވާން ލިޔެކިޔުންތައް އެންމެ ފަހުވަގުތު ނައްތާލުން.

  • ހުދުހުދު

    ބޭނުން ހިފުނަސް ނުހިފުނަސް އަރުޝީފުގެ ހުއްދަނެތި ނައްތާލުމަކީ ގާނޫނީ ކުށެއް.

ގުޅުންހުރި