ގދ ތިނަދޫ ސިޓީގެ ފަސް މީހަކު ދިރިއުޅެމުން ދިޔަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވެފައިވަނީ "ފެއިތު" ނަމަކަށް ކިޔާ ބިދޭސީން ދިރިއުޅޭ ގެއެއްގައެވެ.
ފަސް ބިދޭސީއަކު ދިރިއުޅެމުންދާ ގެއެއް ކަމުގައިވީ ނަމަވެސް އަލިފާން ރޯވި ގަޑީގައި އެއްވެސް މީހަކު ގޭގައި ނޫޅޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ތިނަދޫ ފަޔަރ ސްޓޭޝަނާއި ފުލުހުން ގުޅިގެން ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް ގޭގައި ހުރި ސަމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.
ހާދިސާ ދިމާވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.