1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަށިވިއްކި ދެމީހަކަށް ކޯޓުން އިއްވީ ހަތަރު މަސްދުވަހުގެ ޖަލުހުކުމެއް

1އަ
އަޝްފާ(ކ)، ރިޒްނާ(ވ) ފުލުހުންގެ ބެލެހެއްޓުމުގެ ދަށުން ކޯޓަށް ހާޒިރު ކުރީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,444ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މީގެ ދުވަސްކޮޅެއް ކުރިން ކޯޓުއަމުރަކަށް ހޯދަން އިއުލާން ކޮށްފައިވާ ދެ އަންހެންނުންނަށް "ހަށިވިއްކިކުށް ސާބިތުވެ ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ސްޕަންޖްގެ، މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގެ، އާއިޝަތު ރިޒްނާގެ މައްޗަށެވެ.

މިއީ މީގެ ހަތް އަަހަރު ކުރިން ހިނގާފައިވާ މައްސަލައެކެވެ. ތަހްގީގަށް ފަހު މި ދެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އެހެން ޖަލު ހުކުމެއްގައި އާއިޝަތު ރިޒްނާ މާފުށީ ޖަލުގައި ހުރިއިރުވެސް ފުލުހުންނަށް މަރްޔަމް އަޝްފާ ކޯޓަށް ހާޒިރު ނުކުރެވުމުގެ ސަބަބުން މިމައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިޔައީއެވެ.

300 × 250

އެދެމީހުންގެ މައްޗަށް ކުށް ސާބިތުވީ އެ ދެމީހުން ވެސް ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައި ވަނިކޮށް ކަމަށާއި ޖަލު ހުކުމް އިއްވަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ ދެމީހުން ކުރެ ކޮންމެ މީހަކު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް އެކޯޓުން ބުނެއެވެ.

މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގެ ތަފުސީލީ ރިޕޯޓް، ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހަށި ވިއްކުމުގެ މައްސަލަތައް އިތުރުވެ، އެފަދަ އަމަލުތައް ހިންގާ ތަންތަން އިތުރުވެފައިވާއިރު، އެ މައްސަލައާ މެދު އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާތީ އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި