އިޒްރޭލުގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ ހަނާވަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން "އިންސާނިއްޔަތަށްޓަކައި" މި ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން28 އޮކްޓޫބަރ ވާ ހޮނިހިރު ދުވަހު އޮންނަ އާޓިފިޝަލް ބީޗުގައި ބާއްވާ "ކުޑަކުދީންގެ ހަވީރު" ގައި މަޝްހޫރު ޑިޒައިނަރ ރަޒީގެ (ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާ ކުރުމަށް) ހާއްސަ ކަލެކްޝަން ހެދުންތަކެއް ވަރަށް ކުޑަ އަގެއްގައި ވިއްކުމަށް ނިންމައިފިއެވެ.
ދިވެހި ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތްތައް ލޯންޗުކުރުން މިއަދު ހަވީރު އޮލިމްޕަސް މައި ދޮރުމަތީ އޮންނާނެއެވެ.
ހަވީރު ލޯންޗު ކުރާ "އިންސާނިއްޔަތަށްޓަކައި"ގެ ކޮންމެ ހަރަކާތަކީވެސް ފަންނާނުން ބައިވެރިވާ، ފަންނާނުންނާ ގުޅުން ހުރި ފަރާތްތަކުން އެހީތެރިކަމާއެކު އެއްބާރުލުން ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތެކެވެ. އެގޮތުން ފަންނާނުންގެ ހާއްސަ ޑިޒައިނަރެއް ކަމަށްވާ ރަޒިއްޔާ ތައުފީގު މިވަނީ އޭނާގެ ހާއްސަ ފަރުމާތަކެއް ކުޑައަގެއްގައި ލިބޭނެ ގޮތް ރާވައި، އެ ހެދުންތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްހެން ފަންޑަށް ހަދިޔާ ކުރުމަށް ގަސްދުކޮށްފައެވެ.

"ހުވަދޫ" ނޫހަށް މައުލޫމާތު ދެމުން ރަޒީ ބުނި ގޮތުގައި މިއީ ހައްތަހާވެސް ފެންވަރު ރަނގަޅު، މޮޅެތި ފޮތީގެ ހާއްސަ ޑިޒައިންތަކެއްގެ ހެދުންތަކެކެވެ.
ރަޒީގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަކުން މި ހަވީރުގައި ބައިވެރިވެ، ވެވެން އޮތް މިންވަރަކުން ހެދުންތައް ގަތުމެެވެ. އެހެނީ، މިއިން ކޮންމެ ހެދުމަކަށް ލިބޭ ފައިސާއަކީ ކޮންމެވެސް މުސްލިމް އަހަކަށް ނުވަތަ އުހްތަކަށް ދެވޭ އެހީއަކަށް ވާތީ، އެ މާތް މަގްސަދު ފުރިހަމަ ކުރުމުގެ ގަސްދުގައެވެ.
ފޮޓޯ:ރަޒީ
ކުޑަކުދިންގެ ޕާޓީ ހެދުންތަކަކީ އަގުބޮޑުކޮށް ފައްސާ ހެދުންތަކަކަށް ވެފައި މިފަދަ އަގުތަކެއްގައި މިކަހަލަ ކަލެކްޝަނެއް ލިބުމަކީ ވަރަށްވެސް ރަނގަޅު ފުރުސަތަކަށް ވާނެކަން ޔަގީނެވެ.
ފޮޓޯ:ރަޒީ
ރަޒީއަކީ އިތުރު ތައާރަފަކަށް ބޭނުންވާ ފަރާތެއް ނޫނެވެ. ގއ ވިލިނގިއްޔަށް އުފަން "ރަޒީނާ ރާއްޖޭގެ ފިލްމީ ދާއިރާގެ ކޮންމެ ފަރާތެއްގެވެސް މަގްބޫލު ހެދުންފަރުމާ ކުރާ މީހުންގެ ލިސްޓުގެ ކުރީގައި ރަޒީގެ ނަން އޮޮވެއެވެ. އަދި ކުޑަކުދިންގެ ހާއްސަ ހެދުންތައް ފަރުމާކޮށް ފެހުމުގައި ރަޒީއަކީ "ނަންބަރ ވަން" ކަމަށްވާއިރު މަޝްހޫރު "ޑިޒައިނަރ ރަޒީ" ފިހާރައަކީ ދިވެހީންނަކަށް އާ ނަމަކަށް އާ ތަނަކަށްނުވާއިރު ރާއްޖޭގައި ހުރި މިފަދަ ހަމައެންމެ ވަރުގަދަ ތަންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ފޮޓޯ:ރަޒީ
މިއަދު ހަވީރު ފެށޭ ފަންނާނުންގެ ހާއްސަ، "އިންސާނިއްޔަތަށްޓަކައި" ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށްވެސް ފުރިހަމަކޮށް އެހާމެ ޖޯޝާއެކު ކުރިއަށް ގެންދިއުމަށް ހުރިހާ ފަންނާނުންވެސް ތިބީ އަތުކުރި އޮޅާލައިގެންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހީން ދަނީ ކޮންމެ ބަޔަކުވެސް އެބައެއްގެ ޕްރޮފެޝަނުން، އެބައެއްގެ ދާއިރާއަކުން އެބަޔަކަށް ވީ މިންވަރަކުން ޣާޒާގެ މުސްލިމުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފައިސާ ލިބެން އޮތް މިންވަރަކުން ފަލަސްތީނަށް އެހީ ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ މިހާރު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކޮންމެ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތުނާޒިލާ ވެސް ދަނީ ކިޔަމުންނެވެ.
https://instagram.com/designerrazy?utm_source=qr
https://www.facebook.com/designerrazy?mibextid=LQQJ4d
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.