1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަމްސް އެއިޑުން 95ހާހަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފި

mo3
މަމްސްޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ފަންޑް ރައިސިންގ ހަރަކާތުގެ ތެރެއިން، ފޮޓޯ: މަމްސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,045ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މަމްސް ޖަމިއްޔާ އިން އިސްނަގައިގެން ބޭއްވި ފަންޑް ރައިޒިން ހަރަކާތަށް ލިބުނު 95،000 އަށް ވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އޭއައިސީ) އަށް ޙަވާލުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ޢާންމުގެ އެކި މީހުންގެ ފަރާތުން ހަދިޔާކޮށްފައިވާ ތަކެތި ވަނީ ޖަމްބަލް ސޭލްގައި ވިއްކާފައެވެ. އޭގެ ތެރޭގައި ހެދުމާއި، ފޮތާއި، ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކުޑަކުދިން ކުޅިވަރު ކުޅުމަށް ޚާއްސަކޮށް ފޭސް ޕެއިންޓިންނާއި ހީނާފަތް އެޅުމުގެ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

mo2މަމްސްޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ފަންޑް ރައިސިންގ ހަރަކާތުގެ ތެރެއިން، ފޮޓޯ: އާބަންކޯ

300 × 250

ހުޅުމާލެ ރުއްގަނޑު ސަރަޙައްދުގައި ބޭއްވި މި ހަރަކާތުގައި މެންދުރުފަހު 2:00 ން ހަވީރު 6:00 އާ ދެމެދު 98،333.37 ރުފިޔާ އަދި 213 ޔޫއެސް ޑޮލަރު ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

mo1މަމްސް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ފަންޑް ރައިސިންގ ހަރަކާތުގެ ތެރެއިން ލިބުނު ފައިސާ އޭއިސީއަށް ވަނީ ޙަވާލުކުރެވިފައި، ފޮޓޯ: މަމްސް

އެއިޑްމި ހަރަކާތުން ލިބިފައިވާ ހުރިހާ ފައިސާއެއް އިންޓަނޭޝަނަލް އެއިޑް ކެންޕެއިންއަށް ޙަވާލުކުރެވިފައިވާކަމަށްވެސް މަމްސް ޖަމިއްޔާއިން މަޢުލޫމާތުދީފައިވެއެވެ.

މަމްސް ޖަމިއްޔާއިން ބޭއްވި މި ހަރަކާތުގެ ހޯސްޓިންގ ޕާޓްނާރ އަކީ އާބަންކޯއެވެ.

މަމްސްއިން މާދަމާވެސް މިފަދަ ފަންޑު ރެއިސް ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި