ވިލާ އެއާރއިން މިހާރު ހިންގަމުން އަންނަ ކާޑެއްދޫ އެއާރޕޯޓުން ފުރަތަމަ ފަހަރަށް ފަޔަރ ފައިޓަރުން ތަމްރީން ކޮއްފިއެވެ.
ކާޑެއްދޫ އާރޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިޔަށް ގެންދިޔަ މި ތަމްރީނު ކޯހަކީ މުވައްޒަފުން ހޯދަން ޖެހޭ އިންސްޓްރަކްޓަރ ހުއްދަތައް ހޯދައިގެން އެ އެއާރޕޯޓުގައި ކުރިއަށް ގެންދެވުނު ކޯހެކެވެ.ޖުމްލަ 3 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު ކޯހުގައި ބައިވެރިވީ 4 މުއައްޒަފުން ނެވެ. އަދި އެ އެންމެން ވެސް ވަނީ ކޯހުން ފާސްވެފައެވެ.ކޯސް ކުރިއަށް ގެންގޮސްފައި ވަނީ އޮގަސްޓް 22ން އޮކްޓޫބަރު 22ގެ ނިޔަލަށެވެ.

ވިލާ އެއަރ އިން ބުނީ އެޑްވާންސް ފަޔަރ ފައިޓިންގ ކޯސް ވެސް ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބުމާއެކު ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރިފްރެޝާ ޕްރޮގްރާމްތަކާއި ފަރިތަކުރުންތަކާއި އިތުރު ކޯސްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ކާޑެއްދޫ އެއަރޕޯޓަކީ 1993 ވަނަ އަހަރު ހުޅުވި އެއަރޕޯޓެކެވެ. ފާއިތުވި 30 އަހަރު ތެރޭގައި މި ލެވެލްގެ ތަމްރީނެއް އެ އެއާރޕޯޓުގައި މުވައްޒަފުން ބިނާ ކުރުމަށް ހިނގާފައި ނުވެއެވެ. ވިލާ އެއަރ އާއި ކާޑެއްދޫ އެއަރޕޯޓް ހިންގަން ހަވާލުވެފައިވަނީ 2012 ވަނަ އަހަރު އެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ އެތަން ވިލާ އަތުން ނެގުމަށް ކޯޓު މަރުޙަލާ އެއް ކުރިޔަށް ގެންގޮސްފައެވެ. އެހެން ކަމުން އެއަރޕޯޓް ހިންގުމަށް އެއްވެސް މަސައްކަތެއް ނުވެވި އެތައް އަހަރެއް ދިޔުމަށް ފަހު ވިލާ އަށް އަލުން އެއަރޕޯޓް އަށް އެރޭ ގޮތްވީ މިދިޔަ އަހަރު އެވެ.
1993 ވަނަ އަހަރުން ފެށިގެން ކާޑެއްދޫ އެއަރޕޯޓް ހިނގަމުން ދިޔައީ ސަރުކާރުންނެވެ. މި އެއަރޕޯޓަކީ އެންމެ ގިނަ ދުވަސްވީ ޑޮމެސްޓިކް އެއަރޕޯޓަށް ވީ ނަމަވެސް މިއީ އެންމެ ޚިދުމަތް ދަށް އެންމެ ބޮޑަށް "ކަމީނާ" ވެފައިވާ ރާއްޖޭގެ އެއަރޕޯޓްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ވިލާ އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެތަން ޒަމާނީ ތަރައްގީގެ ކުލަ ގެނައުމަށް ކަމުގައި އެ ކުންފުނިން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.