1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސް ގައި ބޮޑު އޮޅުވާލުމެއް!

216502A5-2195-49D5-8FCF-FB36F7F33D2A
މުހައްމަދު އަޚްތަރު
400ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންކަމް ސަޕޯޓް އެލަވަންސް ގައި ބޮޑު އޮޅުވާލުމެއް ވާ ކަމަށް އޯޑިޓޯް ރިޕޯޓުގައި ހާމަ ކޮއްފިއެވެ.  

217 ފަރާތަކަށް ދޫކޮށްފައިވާ އިންކަމް ސަޕޯޓް އެލަވަންސް ގައި ބޮޑު އޮޅުވާލުމެއް ވާ ކަމަށް ރީފަންޑަށް އެދެންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް ފާހަގަކުރެވިފައިވާ އިރު, މިފަދައިން އެންމެ ގިނައިން އަނބުރާ ފައިސާ ހޯދަން ޖެހިފައިވަނީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވަންސް ދެވިފައިވުމުގެ ސަބަބުންކަމަށް  އޯޑިޓޯް ރިޕޯޓުގައި ހާމަ ކޮއްފައިވެއެވެ. 

އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ވަނީ އެލަވަންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގައުމީ ފެންވަރުގައި ގާއިމުކުރެވިފައި ނުވާ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ހުރި ކަމަށެވެ.

300 × 250

އެ ރިޕޯޓު ގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ މިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ ސަބަބުން އިންކަމް ސަޕޯޓް އެލަވަންސްގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދުނު ފަރާތަށް އެހެން އާމްދަނީއެއް ލިބުނު ނަމަވެސް, އެކަން ދެނެގަނެވެން ނެތް ކަމަށެވެ. އަދި ނަގުދު ފައިސާ އިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތަކަކަށް ނުވުމުގެ ސަބަބުން އެފަދަ ފަރާތްތަކުން އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް, އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރުކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ބިރު އޮތް ކަމަށެވެ.

މިހާތަނަށް 217 ފަރާތަކާ ގުޅޭ މިފަދަ މައްސަލަތަކުން  409,969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ކަމަށް މިނިސްޓްރީގެ ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓު ގައި ފާހަގަ ކޮއްފައި ވާއިރު އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިންކަމް ސަޕޯޓް އެލަވަންސް ތައާރަފު ކުރި ހިސާބުން ފެށިގެން އެލަވަންސް ދެވޭ އުސޫލު ހަރުދަނާކުރުމަށް އެކި ފިޔަވަހީގައި މަސައްކަތް ކޮށްފައިވާ ކަމަށާއި ވަގުތާއި ހާލަތާއި ލިބެންހުރި ވަސީލަތްތަކަށް ރިއާޔަތްކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ބުނެފައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި