1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރެސިޕީ

'ހުވަދޫ' ހުކުރު ސުފުރާ: އޯރިއޯޗޮކޯ ކޭކް! މީރުރަހަ ގާތްކަމާއި ލޯބި އާލާކޮށްލަދޭ!

oreo
ސުފުރާ މަތިން ކުޅު ދިޔާވާ ފަދަ މީރު ރަހަ ލިބުމާއެކު ގުޅުން ބަދަހިކޮށްލަދޭނެ މީރު ފޮނިރަހައެއް ލިބުމަކީ ގާތްކަން އާލާވެ ގުޅުން ބަދަހިވާނެ ކަމެއް
ޝަފްޢަތު ، ހުވަދޫ މީޑީއާ
849ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުކުރު ދުވަހަކީ ހަފްތާގެ ހާއްސަ ދުވަހެވެ. މުސްލިމުންގެ ހަފްތާ އީދު ދުވަހެވެ. އަދި މަސައްކަތްތަކާއި އެހެނިހެންވެސް ބުރަތަކުން ސިކުނޑިއާއި މީހާއަށް އަރާމު ހޯދާ ބަންދު ދުވަހެވެ. އާއިލާ ދުވަހެވެ. އަނބިދަރިންނާއެކީ ހޭދަ ކުރާ ދުވަހެވެ. ފިރިންނާ ދަރިންނަށް ހިދުމަތް ހިތްފުރެންދެން ކޮށްލާ ގޭގައި އެންމެން އެކީގައި އުޅެން ލިބޭ "ގޭގެ" ދުވަހެވެ. މިދުވަހަށް ހާއްސަ ސުފުރާއެއް ތައްޔާރުކޮށްލުމަކީ ޔަގީނުންވެސް އަމިއްލަ ހިތަށާއި ލޯބިވާ އެހެން މީހުންގެ ހިތަށްވެސް ހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

މިދުވަހު ސުފުރާ މަތިން ކުޅު ދިޔާވާ ފަދަ މީރު ރަހަ ލިބުމާއެކު ގުޅުން ބަދަހިކޮށްލަދޭނެ މީރު ފޮނިރަހައެއް ލިބުމަކީ ގާތްކަން އާލާވެ ގުޅުން ބަދަހިވާނެ ކަމެއްކަން ޔަގީނެވެ. އަޅެ އަޖުމަ ބަލާލުން ކީއްތޯއެވެ.

Family Enjoying Snack In Café Together Smiling
300 × 250

ކޭކަށް ބޭނުންވާ ތަކެތި

  • 2 ޖޯޑު އޯރިއޯ ބިސްކޯދު (އެކި ފްލޭވާ މިހާރު ހުރޭ، އޮރިޖިނަލްވެސް ހުރޭ)
  • 4 ބިސް
  • ½ ޖޯޑު ސަންފްލާވަރ ތެޔޮ
  • 1 ޖޯޑު ކިރު
  • ½ ޖޯޑު ހަކުރު
  • 1 ޖޯޑު ފުށް
  • 1 ސަމުސާ ބޭކިންޕައުޑާރ

ކޭކު ތައްޔާރު ކުރާނެ ގޮތް

ބިސްކޯދާއި ތެލާއި ބިސް އަދި ކިރު މިކްސްޗަރަށް އަޅާފައި، މިކްސްޗަރުގައި ރަނގަޅަށް އެއްކޮށްލައި ގިރާލާށެވެ. މިކްސްޗަރުން އެއްކުރި ބައި ތަށްޓަކަށް އަޅާށެވެ. އަދި އެއަށް ހަކުރާއި، ފުށް އަދި ބޭކިންޕައުޑާރ، ރަނގަޅަށް އެއްކޮށްލުމަށްފަހު، ރަނގަޅަށް ކޭކުފުށްގަނޑު ގިރާ ނިމުނީމައި، ކޭކު ފިހާ ޓްރޭއަކަށް އަޅާށެވެ. އަވަނުގައިނަމަ 360F-35 މިނިޓް ފިހެލާށެވެ. އުނދުނުގައި މަޑުގިނީގައި ވެސް ފިހެވިދާނެއެވެ.

ޓޮޕިންގްސް: ބޭނުންވާ ތަކެއްޗާއި ތައްޔާރުކުރާނެ ގޮތް

  • 3 ޖޯޑު ވައިޓް ޗީޒް(ބޭނުން ނަމަ ކްރީމް ވައިޓް ޗީޒްވެސް ބޭނުން ކުރެވޭނެ.)
  • 2 ޖޯޑު ވިޕް ކްރީމް (ވެނީލާ، ބޭނުމިއްޔާ ޕެކެޓު ވިޕް ކްރީމްއެއް)
  • 1ސަމުސާ ވެނީލާ އެސެންސް (ކުޑަސަމުސަލެއްގެ )
  • 4 ސަމުސާ (ހިމުންކޮށްފައި) ހަކުރު

މި ތަކެތި ރަނގަޅަށް އެއްކޮށް ހެޔްވަރު މިންވަރަކަށް ވިޕް ކޮށްލާށެވެ. އެއަށްފަހު ކޭކުގެ މަތީގައި ފުފިފައިތަންތަންކޮޅު ހުރިކަމަށް ވަންޏާ އެއްވަރަށް މަތިން ކޮށައި ހަމަހަމަކޮށް ނަލަކޮށް އެއްވަރުކޮށްލާށެވެ. ކޭކު މައްޗަށް ތައްޔާރު ކުރި ވިޕް ކްރީމް އަޅާލާށެވެ. ދެން އޭގެ މައްޗަށް ހައެއްކަ އަށެއްކަ އޯރިއޯ ބިސްކޯދު ހިމުންކޮށްފައި އަޅާށެވެ. ބޭނުމިއްޔާ ވައިޓް ނޫނީ ޑާކް ޗޮކްލެޓެއް ހިމުންކޮށް ގާނާފައި މައްޗަށް ވިއްސާލީމަ އިތުރަށް ރަހަ މީރު ވާނެއެވެ. ބޭނުން ގޮތަކަށް މަތީގައި އޯރިއޯއާއި ވިޕް ކްރީމް ބޭނުންކޮށްގެން ރީތިކޮށްލެވިދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި