1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބިންގަރާސްތަކަށްދޭ ހަމަލަތައް ވަރުގަދަކޮށްފި, ގާޒާއަށް އެއްގަމު މަގުން އަރައި މިރޭ ހަމަލަދޭނެ

14818245443_5f33ac17a8_k
ޝަފްޢަތު ، ހުވަދޫ މީޑީއާ
839ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބިންގަރާސްތަކަށްދޭ ހަމަލަތައް ވަރުގަދަކޮށްފި ކަމަށާއި ފަލަސްތީނުގެ ގާޒާ އަށް އެއްގަމު މަގުން އަރައި ހަމަލާ ދޭން ފަށާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނީ އިސްރާއީލްގެ އަސްކަރިއްޔާ އިން ދޭ ވައިގެ ހަމަލާތައް ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުން އެއްގަމު މަގުން އަރައި ހަމަލާތައް ދިނުމުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.

"އެއާ ފޯސް އިން ދަނީ ބިންގަރާސްތަކަށް ހަމަލާ ދެމުން. މި ހަމަލާތައް އިތުރަށް ފުޅާ ކުރާނަން މިރޭ،"

300 × 250

އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާ އަށް އަރާނެ ކަން އިއުލާން ކުރަމުން އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ޣައްޒާއަށް މި އަރަނީ ޣައްޒާ އަށް އެރުން މަޑުޖައްސާލުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އިސްރާއީލަށް ޕްރެޝަރު ކުރަމުން ދަނިކޮށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލްގެ ޑިޕްލޮމެޓިކް އޮފިޝަލަކު ކުރިން ބުނީ އެ ގައުމުތަކުން އެގޮތަށް ބުނަމުން ދަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި އެއްގަމު މަގުން އަރައިފި ނަމަ، ޣައްޒާ އަށް ގެންދިޔަ މީހުން މިނިވަން ކުރަން ހުރަސް އެޅޭނެ ކަމަށް ވެސް އެ ގައުމުތަކުން ގަބޫލު ކުރެއެވެ. ނަމަވެސް އޮފިޝަލް ބުނެފައި ވަނީ އިސްރާއީލުން ޣައްޒާ އަށް އެރުމަކީ މިހާރު ވަރަށް ގާތް ކަމެއް ކަމަށެވެ.

 

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ކުރިއަށްދާ އިރު، އިސްރާއީލުގެ އަސްކަރިއްޔާއިން މީގެކުރިން ވަނީ އުތުރު ޣައްޒާގައި ދިރިއުޅޭ މިލިއަނެއްހާ މީހުން، އެމީހުން ދިރިއުޅޭ ގެތަކުން ނިކުމެ، ޣައްޒާގެ އުތުރަށް ބަދަލުވުމަށް މަޖުބޫރުކޮށް އިންޒާރުތައް ދީފައެވެ. އިސްރާއީލުގެ އަސްކަރީ ބާރުތަކުން ވަނީ ޣައްޒާގެ ބޯޑަރު ކައިރި އަށް ޓޭންކާއި އެ ނޫން ވެސް ހަތިޔާރުތައް ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރި އަށް ޖަމާކޮށްފައެވެ. އަދި ފަލަސްތީނުގެ ސަރަހައްދަށް ބޮމުގެ ހަމަލާތައް ދިނުމަށް ބޭނުންވާ ސާމާނުތައް އެސަރަހައްދަށް ޖަމާކޮށްފައިވެއެވެ.

"އެއްގަމު މަގުން ފަލަސްތީނަށް ހަމަލާތައް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ހަމާސްގެ އިންފުރާސްޓްރަކްޗަތައް ހަލާކުކޮށް، އިސްރާއީލަށް ފަހުން ވެސް ހަމަލާ ނުދެވޭނެ ފަދަ ހާލަތަކަށް ހަމާސް ނިކަމެތިކޮށްލުން" އިސްރާއީލުގެ އޮފިޝަލަކް އަލްޖަޒީރާއަށް ބުންޏެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި