1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސޯލާޕެނަލްތައް ނަންގަވާނެކަމަށް ވިދާޅުވުން: ރައްޔިތުންގެ ތައުރީފާއި ޝުކުރު ޑރ މުއިއްޒަށް

sola
ޝަފްޢަތު ، ހުވަދޫ މީޑީއާ
368ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހައިވޭގައި ސޯލާ ޕެނަލްތައް ވެރިކަމަށް ހުވާކުރެއްވުމަށްފަހު އެ މަޝްރޫއު އެހެން ދިމާލަކަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދުު މުއިއްޒު ވައުދުވެވަޑައިގެންނެވުމުން ރައްޔިތުންގެ ތައުރީފު އެމަނިކުފާނަށް ދަނީ އޮހެމުންނެވެ.

ޕެނަލްތައް ހައިވޭއިން ނަގައި ކޮންމެވެސް އެހެން ރަށަކަށް ބަދަލުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، އެ ވައުދަށް އާންމު ރައްޔިތުން ދަނީ ތައުރީފުކުރަމުން, އަދި އެކަމަށް ނިހާޔަތަ ޑރ މުއިއްޒަށް ޝުކުރުވެސް އަދާކުރަމުންނެވެ.

ޑރ މުއިއްޒު ވިދާޅުވީ މިއަދު ބްރިޖުން ދުއްވާލާފައި ގޮސް ހައިވޭ ހުރަސްކުރާއިރު ހާސްކަމާއި ނުތަނަވަސްކަން އިހްސާސްކުރެވޭކަމަށެވެ. މިކަމަކީ އެތައް ރައްޔިތުންނެއް ގަބޫލުކުރާ އެއްބަސްވާ ކަމެކެވެ.

300 × 250

ޑރ މުއިއްޒުގެ އެ ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު އިއްތިފާގުވާ ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ރީތި ހައިވޭއެއްގެ ގޮތުގައި ހަދާފައިވާ އެ ހައިވޭގެ ހިތްގައިމުކަން ގެއްލޭގޮތަށް ޖަހާފައިވާ ދަގަނޑު ހޮޅިތައް އެތަނުން ނަގަން ޖެހޭކަމެވެ. ހައިވޭގެ ރީތި މަންޒަރު ނުފެންނާނެހެން ބައްދާލާފައި އޮތް އޮތުން ބަދަލުކޮށް، ހައިވޭއަކީ އިހު އޮތް ހުޅުވާލެވިފައިވާ ތަނެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ.

މީގެ އިތުރުން ދާދި ކައިރީގައި އޮތް ކަނޑުން ވިއްސައިގެންދާ ލޮނުގެ އަސަރު ކޮށް، ހަލާކުވުމަށް މަގުފަހިވާއިރު، އަނެެއްކަމަކީ ދާދި ފަހަކުންވެސް ހިނގި އެކްސިޑެންޓެއްގައި ޕެނަލްތަކަކަށް ގެއްލުންވެ ހަލާކުވެފައިވާއިރު، އޭގެ ދުވަސްކޮޅެއް ކުރިން ވިއްސާރަމޫސުމެއްގައި އައި ގަދަ ވަޔާއެކުވެސް ޕެނަލްތަކަކަށް ގެއްލުންވެފައިވާކަމެވެ. މިފަދަ އެތައް ސަބަބުތަކަކަށްޓަކައި ޑރ މުއިއްޒުގެ އެ ވައުދާ ގުޅޭގޮތުން ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނަމުންދަނީ އެއީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށެވެ. މިހާރު އެ މަޝްރޫއު ކުރިއަށް ދާ ގޮތުން ރައްޔިތުންގެ ކަރަންޓު ބިލުތަކަށް ވެސް އެއްވެސް ލުޔެއް ނުލިބޭއިރު، ބްރިޖުން ދަތުރުކުރާ މީހުންނަށް ނުތަނަވަސްކަން ނޫން ކަމެއް އެ މަޝްރޫއިން ނުލިބޭކަން ބައެއް މީހުން ފާހަގަކުރި އެވެ.

އޭގެ އިތުރުން އެ މަޝްރޫއު އެހެން ރަށަކަށް ބަދަލުކުރުމަކީ އިގްތިޞާދީ ގޮތުން ފައިދާ ލިބި ބްރިޖު ބޭނުން ކުރާ މީހުންނަށް ވެސް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއްކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.

ހައިވޭގައި ޖަހާފައިވާ ޕެނަލްތައް ބަދަލުކުރެއްވުމަށް ޑރ މުއިއްޒު ނިންމެވި ނިންމެވުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ކަމުދިޔަ ނިންމުމަކަށެވެ. އަދި ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވި ނިންމުމަކަށެވެ. އެހެންކަމުން ރައްޔިތުން މިހާރު އެތިބީ އެ މަސައްކަތް ފެށި އިހުނެކޭ އެއްގޮތަށް ބުރިޖްހައިވޭ މަތިން ދާއިރު ގުދުރަތީ ރީތިކަމާއި ހިތްފަސޭހަ މަންޒަރުން ހިތްއުފާވެލުމަށް ފުރުސަތު ލިބި، ދަގަނޑުތަކުގެ ކަސްތޮޅުތަކުން ބުރިޖްހައިވޭ މިނިވަންވާނެކަމުގެ އުންމީދުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި