1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޣައްޒާއަށް އެހީ ވުމަށް، އެމްޕީއެލުން 565،000 ރުފިޔާ ހަދިޔާކޮށްފި

rehee
ޝަފްޢަތު ، ހުވަދޫ މީޑީއާ
398ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔަހޫދީ އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ މުސްލިމުންނަށް އެހީ ވުމަށް, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން 565،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޕީއެލުން މިއަދު ބުނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އެ ކުންފުނީގެ ފަރާތުން ފަލަސްޠީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ އެމް.ޕީ.އެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމް.ޕީ.އެލްގެ މުވައްޒަފުންގެ ފަރާތުން އެހީވުމަށް ހަދިޔާކުރި ފައިސާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

300 × 250

އެމްޕީއެލުން ބުނީ މި ފައިސާ ހަދިޔާކޮށްފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށް ކަމަށެވެ.

މީގެ އިތުރުން ފަލަސްޠީނަށް އެހީވުމުގެ ގޮތުން އެމް.ޕީ.އެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޕީއެލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި