ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ސްޕޭނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ހޯދައިފި އެވެ. ފްރާންސްގައި ރޭ އޮތް ބެލޮންޑިއޯ އެވޯޑް ހަފްލާގައި އައިޓާނާ ބޮންމާޓީއާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށް ދިނީ، ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗެވެ. ސްޕޭނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީވަނީ މި އަހަރުގެ އަންހެނުންގެ ވޯލްޑްކަޕް ސްޕެއިނުން ކާމިޔާބުކުރިއިރު, މީނާ ވަނީ ބާސެލޯނާގެ އަންހެން ޓީމާއެކު ސީޒަންގެ 3 ތަށި ކާމިޔާބުކޮށް، މުޅި ސީޒަންގައި ޖުމްލަ 118 ގޯލު ކާމިޔާބުކޮށްފައެވެ. އުމުރުން 25 އަހަރުގެ ބޮންމާޓީ ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ހޯދިއިރު ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ބެލޮންޑީއޯ އެވޯޑަށް އައިޓާނާ ބޮންމާޓީ އެންމެ ކައިރިން ވާދަކުރީ ދެ ވަނަ ހޯދި ޗެލްސީ އަށް ކުޅޭ އޮސްޓްރޭލިޔާގެ ފޯވަޑް ސަމަންތަކާ އާއި ބާސެލޯނާ އާއި ސްޕޭނުގެ ޒިވާން ފޯވަޑް ސަލްމާ ޕަރަޔުއެލޯ އެވެ.