1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ޒީރޯ ލެޕްރަސީ" ފުރަތަމަ ގައުމަކަށް ރާއްޖެ

jumaa
ޒީރޯލެޕްރަސީ ޝަރަފުވެރިކަމުގެ ލިޔުން ހަވާލުކުރުމުގެ ތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
329ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލެފްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.

ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފްވެރިކަން ފާހަގަކޮށް އެވޯޑު ރާއްޖެއަށް ދިނީ ނިއުދިއްލީގައި ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ބައްދަލުވުމުގައެވެ. މި އެވޯޑް ރާއްޖެއާ ހަވާލުކުރީ ޑރ ޕޫނަމް ކެރަތަޕާލް ސިންގއެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެޑައިގަތީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމެވެ.

ރާއްޖޭގެ މި ކާމިޔާބީއަށް ޑަބްލިއުއެޗްއޯ އިން ވަނީ މަރުހަބާ ކިޔާފައެވެ. ހެލްތު މިނިސްޓްރީން ވަނީ އެ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދޭން ކެނޑިނޭޅި މަސައްކަތްކުރި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ކިޔާފައެވެ.

300 × 250

ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ރާއްޖެއިން ފުރިހަމަކުރީ މިމަހުގެ ކުރީކޮޅުއެވެ. އެގޮތުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އެބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖެއަކީ ޖުޒާމް ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެެއެވެ.

"ޒީރޯ ލެޕްރަސީ" ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ.

ލެޕްރަސީއަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. ބަލި ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް 5 ވަރަކަށް އަހަރު ނަގައެވެ. ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޖުހާ

    މިއީ ސަރުކާރުގެ ރޭވުންތެރިކަމުގެ ދަށުން ހެލްތް އެސިސްޓެންޓުންނާ ހެލްތްވޯކަރުން އެތަކެއް އަހަރު ވަންދެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާއެވެ. މިއީ ސަރުކާރުން ކުއްލިޔަކަށް އިހައްދުވަހު ރާވާލި ޕްރޮގްރާމަކުން ލިބުނު ނަތީޖާއެއް ނޫނެވެ. ކަމެއް ހަމަ ވާއިރަށް އޭގެ ފޮނި ބޯލަން ހާދަ މޮޅު ދޯއެވެ.

ގުޅުންހުރި