1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމެރިކާއިން އިޒްރޭލަށް ސިފައިން ނުފޮނުވާނެ

60B592C3-1BE8-4221-9A61-7B1132907DF4
މުހައްމަދު ޔޫޝައު
293ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމައިގެ މި މަރުހަލާގައި ނުވަތަ ފަހުން ވެސް އެމެރިކާ ސިފައިން ޣައްޒާއަށް ނުފޮނުވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ބުދަ ދުވަހު ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޣައްޒާގެ ހާލަތު ހަމައަކަށް އެޅުވުމަށް އެމެރިކާގެ ސިފައިން ބޭނުންކުރާނެތޯ ތަރުޖަމާނު ޖޯން ކާބީއާ ވަނީ ސުވާލު ކޮށްފައެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގެ މިހާލަތުގައިވެސް ނުވަތަ ހަނގުރާމައިގެ ފަހުންވެސް އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ހަނގުރާމައަށްފަހު ޣައްޒާ ފެންނާނެ ގޮތާމެދު އެމެރިކާގެ ބައިވެރީންނާއެކު މަޝްވަރާ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

އޭނާ އިތުރަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ކޮންމެވެސްވަރަކަށް މައިތިރި ވުމުން ބައިނަލްއަގުވާމީ ޝާމިލުވުމެއް ބޭއްވުމަށް ވާހަކަ ދެކެވޭ ކަމަށާއި އެހެންނަމަވެސް އެކަމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިމިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތުގެ ސިފައިންގެ އެހީތެރިކަމާއެކު ޣައްޒާ ވަގުތީ ބެލެހެއްޓުމަށް އެމެރިކާއާއި، އިސްރާއީލުން މަޝްވަރާކުރަމުންދާ ކަމަށް ބްލޫމްބާގްއިން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބްލޫމްބާގްއިން ބުނީ އެ ޕްލޭންތައް އަދި ކިރިޔާ ފެށުނީ ކަމަށާއި، އޭގެ އިތުރުން އިތުރު ދެގޮތަކަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ސުލްހަ ބަލަހައްޓާ މިޝަނެއް ފޮނުވުމުގެ ވިސްނުން ނެތްކަމަށް ވިދާޅުވި ނަމަވެސް،ކުރިއަށް އޮތް ދުވަސްތަކުގައި ހަމާސް އަށް ޣައްޒާގެ ވެރިކަމަށް ނާދެވޭނެ ކަމަށް ވިދާޅުވިއެވެ. ހަމާސް ނައްތާލުމަށް ނައްތާލުމަށް އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަނަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އިއްބެ

    ދެމަނަވަރުއިސްރާއީލަށްފޮނޮވީކީއްކުރަން

ގުޅުންހުރި