އިންޑިއާގެ 815 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ދާދި ފަހުން ޑާކް ވެބް ފޯރަމެއްގައި ވިއްކަން ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
އެމެރިކާގެ ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ ރީސެކިއުރިޓީން މި މައުލޫމާތުތައް ލީކުވެފައިވާކަން ހާމަކުރީ މި މަހުގެ ކުރީކޮޅު އެވެ.
ވަގަށް ނަގާފައިވާ ޑޭޓާތަކުގެ ތެރޭގައި އަދާރް (އިންޑިއާގައި އައިޑެންޓިޓީގެ ހެއްކެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިވިޖުއަލް އައިޑެންޓިފިކޭޝަން ނަމްބަރުތައް) ، ޕާސްޕޯޓުގެ ތަފްސީލާއި ނަމާއި ފޯނު ނަންބަރުގެ އިތުރުން އިންޑިއާގެ އެތައް މިލިއަން ރައްޔިތުންގެ ވަގުތީ އަދި ދާއިމީ އެޑްރެސް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރިސެކިއުރިޓީން ބުނީ މި ޑޭޓާތައް ވިއްކުމަށް ހެކަރަކު ލިސްޓުކޮށްފައިވަނީ ބްރީޗް ފޯރަމްސްތަކުގައި ލިސްޓް ކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު 815 މިލިއަން "އިންޑިއަން ސިޓިޒަން އާދަރް އެންޑް ޕާސްޕޯޓް" ރެކޯޑްތަކަށް އެކްސެސް ލިބޭނެ ބުނެފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެ ކުންފުނީގެ އިންވެސްޓިގޭޝަން ޔުނިޓް "ހަންޓާ" އިން ވަނީ އެމައުލޫމާތުތައް ވިއްކާ ފަރާތާ ގުޅިފައެވެ. އަދި ރި ސެކިއުރިޓީން ބުނީ 80000 ޑޮލަރަށް އެމައުލޫމާތުތައް ވިއްކާލާނެ ކަމަށް އޭނާ ބުނާ ކަމަށެވެ. މި ޑޭޓާތައް ލީކުވެފައިވަނީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ޑޭޓާ ބޭސްއިންކަމަށް ބައެއް ނޫސްތަކުންވަނީ ރިޕޯޓް ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.