ފަލަސްތީން ގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ފަރެސްމާތޮޑާ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 4 ލައްކަ 30 ހާހަށް ވުރެ ގިނަ ފައިސާ ހޯދައިފި އެވެ.
މި ފައިސާ ހަދާފައި ވަނީ އިއްޔެ ހަވީރު 4 ން ރޭގަނޑެއް 10 އަށް އެ ރަށުގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓުންވެ.
އެކި ހަރަކާތްތައް ހިނގައިގެން ކުރިޔަށް ގެންދިޔަ މި އިވެންޓާ ގުޅޭ ގޮތުން ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން މި ޙަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރެސްމާތޮޑާ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ކުރިޔަށް ގެންދިތަ ހަރަކާތަކީ މުޅި ރަށް ތަމްސީލު ވާހެން ކުރިޔަށް ގެންދިތަ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ކައުންސިލް ގެ އިތުރުން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ، ފަރެސްމާތޮޑާ ފެނަކަ، ،ފަރެސްމާތޮޑާ އެއަރޕޯޓް، ހެލްތު ސެންޓަރ،ކޯޓު އަދި ހުރިހާ މަސްދޯނި ތައް ބައިވެރިވި ކަމަށެވެ.
ފަރެސްމާތޮޑާ ބަނދަރު ސަރަހައްދު ގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުން ލިބުނު 430190.25ރ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިގަމުންދާ ހަނގުރާމައިގައި ޙާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.