1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުވަދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ފަލަސްތީނަށް ބޮޑު އެހީއެއް

huvadhoo School
ހުވަދު ސްކޫލް
މުހައްމަދު އަޚްތަރު
697ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދޫ ސްކޫލް ގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ފަރާތުން ފަލަސްތީން ގެ ޣައްޒާ ގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 56160.75 ރ ހަދިޔާ ކޮށްފިއެވެ. 

އިއްޔެ ގދ ފަރެސްމާތޮޑާ ގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތުފައި މި ފައިސާ ޙަވާލު ކުރުމަށް ފަހު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހުވަދޫ ސްކޫލް ގެ ޕްރިންސިޕަލް ޑރ ޝައިސްތާ އަލީ ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް  ފޮނުވުމަށް ޙަވާލު ކުރި ފައިސާ އަކީ އެ ސްކޫލް ގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ގެ އިތުރުން ހުވަދޫ ސްކޫލް ގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން ވެސް ހިމެނޭހެން ދިން ފައިސާ ކަމަށެވެ. 

"އަޅުގަނޑުމެން މި ފައިސާ ހޯދި ގަނޑުކޮށް ހަވާލު ކުރުމަށް. އެހެންކަމުން އިއްޔެ އިވެންޓްގައި އެ ފައިސާ ހަވާލު ކުރީ"ޑރ ޝައިސްތާ އަލީ ވިދާޅުވިއެވެ. 

300 × 250

ހުވަދޫ މީޑިއާ އަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ހުވަދޫ ސްކޫލް ގެ ފަރާތުން ރޭ ދިން އަދަދަކީ ފަރެސްމާތޮޑާ މުއައްސަސާ ތައް ގުޅިގެން އިއްޔެ ހިންގި ފަންޑްރެއިޒިންގައި އެއް ފަރާތަކުން ދިން އެންމެ ބޮޑު އަދަދެވެ. އެ ހަރަކާތަށް ޖުމްލަ ލިބިފައި ވަނީ 430190.25ރ އެވެ. 

ހުވަދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ފަލަސްތީނަށް ދޭ ފައިސާ ގެ އެހީގެ ރަމްޒީ ޗެކް ރޭ ޙަވާލު ކުރަނީ

ހުވަދޫ ސްކޫލަކީ ފަރެސްމާތޮޑާ ގައި ސަރުކާރުން ހިންގާ ސްކޫލެކެވެ. ފަލަސްތީން ގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ފަރެސްމާތޮޑާގެ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 4ލައްކަ 30 ހާހަށް ވުރެ ގިނަ ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ. 

މި ފައިސާ ހޯދާފައި ވަނީ އިއްޔެ ހަވީރު 4 އިން ރޭގަނޑު 10 އަށް އެ ރަށުގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިން އިވެންޓުންވެ. 

އެކި ހަރަކާތްތައް ހިނގައިގެން ކުރިޔަށް ގެންދިޔަ މި އިވެންޓާ ގުޅޭ ގޮތުން ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މި ޙަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރެސްމާތޮޑާ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ކުރިޔަށް ގެންދިޔަ ހަރަކާތަކީ މުޅި ރަށް ތަމްސީލު ވާހެން ކުރިޔަށް ގެންދިތަ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ކައުންސިލް ގެ އިތުރުން ހުވަދޫ ސްކޫލް ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ، ފަރެސްމާތޮޑާ ފެނަކަ، ،ފަރެސްމާތޮޑާ އެއަރޕޯޓް ، ހެލްތު ސެންޓަރ، ކޯޓު އަދި ހުރިހާ މަސްދޯނި ތައް ބައިވެރިވި ކަމަށެވެ. 

300 × 250

ފަރެސްމާތޮޑާ ބަނދަރު ސަރަހައްދު ގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުން ލިބުނު 430190.25ރ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިގަމުންދާ ހަނގުރާމައިގައި ޙާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށެވެ. 

Fares-Maathodaa

ފަރެސްމާތޮޑާ ގައި އިއްޔެ ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތް

އިއްޔެގެ ހަރަކާތައް މުޅި ފަރެސްމާތޮޑާ ގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނި އެހީތެރިކަން ލިބެމުންދިޔައީތީ ރަށު ކައުނަސިލުން ވަނީ އެކަމަށް ޝުކުރުވެރި ވެފައެވެ. 

ޔަހޫދީ އިސްރާއީލުން ގެންދަނީ މެދުކެނޑުމެއްނެތި ފަލަސްތީނަށް ހަމަލާދެމުންނެވެ. މި ހަނގުރާމައިގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ ޔަހޫދީން މަރާލާފައިވާއިރު ، ޔަހޫދީ އިސްރާއީލުން ވަނީ ފަލަސްތީނުގެ  ޣައްޒާގެ 9،200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

ފަލަސްތީނަށް އެހީ ވުމަށް ރާއްޖޭގެ އާއި އެކި ރަށްރަށުގައި ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީ އަށް މިހާތަނަށް 28 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި